ads
ރާއްޖޭގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންތަކެއް---
އަހަރުގެ ފުރަތަމަ ހަތަރު މަހު ރާއްޖެއަށް 396،983 ފަތުރުވެރިން
2021 ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަހު، 396،983 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މި ތަފާސް ހިސާބުން ދައްކާ ގޮތުގައި ކޮވިޑް19 އާއި ގުޅިގެން ލޮކްޑައުން ކުރުމަށްފަހު ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އަވަށްޓެރި އިންޑިއާއިންނެވެ. ނަމަވެސް އިންޑިއާގައި ކޮވިޑް ހަލުވިކޮށް ފެތުރެމުންދިއުމާއި އެކު އިންޑިއާއިން އަންނަ މީހުންގެ އަދަދު މިހާރު ވަނީ މަދުވާން ފަށާފައެވެ. 

މި އަހަރުގެ ފުރަތަމަ 4 މަހުގެ ހިސާބުތައް ވަކި ވަކިން ބަލާއިރު ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 92،103 މީހުންނެވެ. އަދި ޖެހިގެން އައި ފެބްރުއަރީ މަހު 96،682 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. މިއަހަރުގެ މާރޗް މަހު ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އެޅެނީ 109،585. އަހަރުގެ ފުރަތަމަ 3 މަހު ވެސް ޒިޔާރަތް ކުރި މީހުންގެ ނަމްބަރ އިތުރު ވަމުންދިޔަ ނަމަވެސް އޭޕްރީލް މަހު ޒިޔާރަތް ކުރި މީހުންގެ ނަމްބަރ ވަނީ ދަަށަށް ގޮސްފައެވެ. އޭޕްރީލް މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 91،200 ފަތުރުވެރިންނެވެ. 

ސަރުކާރާއި ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް