ads
ކޮވިޝީލްޑް ވެކްސިން
މާލޭ ސަރަހައްދުގައި ކޮވިޝީލްޑް ޖެހުން ހުއްޓާލައިފި
މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން އާއްމުކޮށް ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ

އެޗްޕީއޭއިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖަހައި ދިނުން ވަގުތީ ގޮތުން ހުއްޓާލާ ކަމަށެވެ. އަދި އަލުން ކޮވިޝީލްޑް ވެކްސިން ދޭން ފެށާނެ ތާރީހެއް އަދި ނޭނގޭ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.

މާލޭ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ދިނުން މެދުކަނޑާލާފައި ވާއިރުގައި ރޭ އެޗްޕީއޭއިން ބޭއްވި ޕްރެސްގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ރާއްޖޭގައި ޖަހަމުން ދާ ވެކްސިންގެ ސްޓޮކް މަދު ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖޭގެ އާބާދީގައި ހިމެނޭ 228،000 އަށް ވުރެ ގިނަ މީހުން ކޮވިޑް 19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު އެއްލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހާފަ އެވެ. އާބާދީގެ ބޮޑުބައި ޖަހާފައި ވަނީ ކޮވިޝީލްޑް ވެކްސިނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް