ads
ކޮވިޑް 19 ގެ ސާމްޕަލް ނެގުމުގެ ތެރެއިން:
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލައިފި
ކޮވިޑާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަސްދުވަހުގެ މުއްދަތަށް ދިގުދަންމާލައިފިއެވެ.

ކޮވިޑާއި ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު ފުރަތަމަ އިއުލާނުކުރީ މިދިޔަ އަހަރުގެ މާރިޗް މަހުގެ 12 ވަނަ ދުވަހުގައެވެ. މިއީ މި ހާލަތުގެ މުއްދަތު ދިގުދަންމާލި 13 ވަނަ ފަހަރެވެ. 

މި ފަހަރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި ވަނީ ޖޫން މަހުގެ ތިންވަނަ ދުވަހާ ހަމައަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލާތުގެ މުއްދަތު އިތުރު މަހަކަށް ދިގުދަންމާލާފައިވާއިރު، ރާއްޖޭގައި ކޮވިޑުގެ ހާލަތު ކުރިން ގޯސް ނުވާވަރަށް މިވަނީ ގޯސްވެފައެވެ. އެގޮތުން ދުވާލަކު މިހާރު ޕޮޒިޓިވް ވާ އަދަދު އުޅެނީ 500 އިން މަތީގައެވެ. 

ކޭސްތަށް ރިކޯޑްއަދަދަކަށް އަރާފައިވާއިރުގައި މާލެ ސަރަހައްދުގައި މިހާރު ވަނީ ފިޔަވަޅުތަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން ރޭގަނޑު 12 އިން ފަތިހު ހަތަރަކަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމާއި، ޕާކުތަކާއި މައިޒާންތައް ބަންދުކޮށް، ކުޅިވަރު ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުން މަނާކުރުމާއި ކިންޑަގާޑަންއިން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔެވުން އޮންލައިންކޮށް ކުރިއަށްގެން ދިއު މުގެ އިތުރުން މިސްކިތް ތަކުގައި ގައިދުރުކަން ބެހެއްޓުމާއި މާސް އެޅުން ވަނީ މަޖްބޫރު ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް