ads
އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ:އެގްރޯނެޓް
އެގްރޯނެޓަށް ދެރަށެއް ދީފި
ސަރުކާރުން ހަދާފައިވާ ދަނޑުވެރިކަމުގެ ކުންފުނި، އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ ބެލުމުގެ ދަށުގައި އޮތް ދެރަށެއް ދީފިއެވެ.

އެގްރޯނެޓަށް ދެރަށެއް ދިނުމަށް މިއަދު ފިޝަރީޒް މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވާއިރު އެކުންފުންޏަށް ދޭން ނިންމާފައިވާ ދެރަށަކީ ހއ.މުލިދޫ އަދި ލ.ގާދޫއެވެ.  

އެ ކުންފުންޏަށް ސަރުކާރުން ދޫކުރަނީ، އެ ކުންފުނިން ކުރިއަށްގެންދާ ދަނޑުވެރިކަމުގެ މަޝްރޫއު ހިންގުމަށް ދޫކުރާ ގޮތަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައިވެއެވެ. 

އެގޮތުން އެގްރޯނެޓުން ކުރިއަށް ގެންދާ ކޮންޓްރެކްޓް ފާމިންގް މަޝްރޫއުގެ ދަށުން، ދަނޑުވެރިންނަށް ފަހި ފުރުސަތުތަކެއް ފޯރުކޮށްދެވިގެން ދާނެ ކަމަށާއި ދަނޑުވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުމަކީ އެ ކުންފުނީގެ އަމާޒު ކަމަށް އެކުންފުނިން ބުނެފައި ވެއެވެ.

މިއާއެކު އެގްރޯނެޓުގެ ކޮންޓްރެކްޓް ފާމިންގް މަޝްރޫއާއެކު، ދަނޑުވެރިކަން ކުރަން ބޭނުންވާ މީހުނަށް ބިން ދޫކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މިގޮތަށް ބިން ދޫކުރުމުގައި އެ އަތޮޅެއްގެ ދަނޑުވެރިންނަށް އިސްކަން ދޭނެ ކަމަށް އެގްރީނެޓުން ބުނެއެވެ. އަދި އެރަށްތަކާ ކައިރި ހިސާބުތަކުގެ ރަށްތަކުގެ ރައްޔިތުންނަށް އިސްކަން ދޭނެ ކަމަށް ބުނެފައިވެއެވެ. 

އަދި މިއީ ރާއްޖޭގައި ޒަމާނީ ދަނޑުވެރިކަމަށް ފުރުސަތު ހުޅުވި، ދަނޑުވެރިކަމުގެ ނަފާ ގިނަބަޔަކަށް ލިބިގެންދާނެ ކަމެއްކަމުގައި ދެކޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް