ފޮޓޯ--ސިޓީ ކައުންސިލް
އިންތިހާބީ ކައުންސިލަރުން ހުވާކުރުން މިމަހުގެ 17 ގަ
Share
ލޯކަލް ކައުންސިލް އިންތިހާބުގައި އަލަށް ހޮވުނު ކައުންސިލަރުން މަގާމުގެ ހުވާކުރުން މިމަހުގެ 17 ގައި ބޭއްވުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ނިންމައިފިއެވެ.
Advertisement

އެލްޖީއޭ އިން ބުނެފައި ވަނީ ކޮވިޑްގެ ހާލަތާއި ގުޅިގެން ކައުންސިލަރުން ހުވާކުރަން ހަމަޖެހިފައި ވަނީ އޮންލައިންކޮށް ކަމަށެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވުނު އިންތިހާބުގައި 400 ގޮނޑިއާ އެކު ކާމިޔާބީ ހާސިލްކޮށްފައި ވަނީ ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީންނެވެ. އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމް/ ޕީއެންސީ އިން ވަނީ 325 ގޮނޑި އިންތިހާބުގައި ކާމިޔާބު ކޮށްފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު 2020 ގައި 3814 ކެންޑިޑޭޓުން ވާދަކޮށްފައި ވެއެވެ.

އޭގެތެރޭގައި ހިމެނެނީ ކައުންސިލް އިންތިހާބުގައި ވާދަކުރި 2234 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރި 1580 ކެންޑިޑޭޓުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް