ads
އިންޑިޔާގެ މޯހަން ބަގާންގެ ބައެއް ކުޅުންތެރިން
ދުވާލަކު ތިން ލައްކަ ކޭސް- އެކަމަކު އިންޑިޔާ ޓީމުތަކަށް މާލެ އަންނަން ހުރަހެއް ނެތް
އިންޑިޔާގައި ދުވާލަކު ތިން ލައްކައަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވަމުން ދިޔަނަމަވެސް އިންޑިޔާ ޓީމުތައް ހިމަނައިގެން އޭއެފްސީ ކަޕުގެ މެޗުތައް މާލޭގައި ކުރިއަށް ގެންދަން ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އަންގާރަ ދުވަހު އޮތް ޕްރެސް ކޮންފަރެންސްގައި ރައީސް ތަރުޖަމާނު މަބްރޫކް އަޒީޒުއެވެ.

މަބްރޫކު ވިދާޅުވި ގޮތުގައި އޭއެފްސީ ކަޕުގެ މެޗުތައް ކުރިއަށް ގެންދާނީ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. މިހާރު ކަނޑައެޅިފައި އޮތް ގޮތުން އިންޑިޔާއިން ރާއްޖެ އަންނަން އެންމެން ކަރަންޓީނު ވާން ޖެހުނު ނަމަވެސް ސަރުކާރުން ނިންމާފައިވަނީ އިންޑިޔާ ޓީމުތައް މާލެ އައިސް ކަރަންޓީނުގެ މުއްދަތު ތެރޭގައިވެސް މެޗުތައް ކުޅޭ ގޮތަށެވެ. 

އޭއެފްސީ ކަޕުގެ މެޗުތައް ކުރިއަށް ގެންދަން ސަރުކާރުން ނިންމިއިރު ރާއްޖެއަށްވުރެ ކުރިއަރާފައިވާ ބައެއް ގައުމުތަކުންވަނީ އޭއެފްސީ ކަޕުގެ މެޗުތައް އެ ގައުމުތަކުގައި ބޭއްވުން ފަސްކޮށްފައެވެ. މި ގޮތުން ހޮންކޮންގްއިންވަނީ އަމިއްލައަށް އެދިގެން މެޗުތައް ފަސްކޮށްފައެވެ. 

އިންޑިޔާގެ ބެންގަލޫރު އެފްސީ މި ހަފުތާ ތެރޭ މާލެ އަންނަން ނިންމާފައިވާއިރު، އިންޑިޔާގައި މިއަދުވެސް ތިން ލައްކައަށްވުރެ ގިނަ ކޭސްވަނީ ޕޮޒިޓިވްވެފައެވެ. އިންޑިޔާގެ ބެންގަލޫރު އެފްސީގެ އިތުރުން އޭޓީކޭ މޯހަން ބަގާންއާ، ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސް އަންނަ ހަފުތާގައި މާލެ އަންނާނެއެވެ. ރާއްޖޭން މުބާރާތުގައި ވާދަކުރާނީ މާޒިޔާއެވެ. އަދި ބެންގަލޫރު އަތުން މޮޅު ވެއްޖެނަމަ އީގަލްސްއަށްވެސް އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެއެވެ. 

7%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
89%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް