ads
ޑރ. މުހައްމަދު އަލީ
"ކޭސްތައް ދެން ދަށްކުރެވޭނީ ހާލަތު ގޯސް ގައުމުތަކަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްގެން"
ކޮވިޑް-19ގެ ކޭސްތައް މަދުކުރުމަށް އެޅޭނެ އެންމެ ރަނގަަޅު ފިޔަވަޅަކީ ކޮވިޑްގެ ހާލަތު ގޯސް ގައުމުތަކަށް ރާއްޖޭގެ ބޯޑަރު ބަންދުކުރުން ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

ކޮވިޑްގެ ހާލަތު މިހާ ގޯސްވެފައިވާ ދަނޑިވަޅެއްގައި ހާލަތު ކޮންޓްރޯލް ކުރުމަށް އެޅިދާނެ އެންމެ ރަނގަޅު ފިޔަވަޅަކީ ކޮބާތޯ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއެންއެމްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. މުހައްމަދު ވިދާޅުވީ، ކޮންމެ ގައުމެއްގައިވެސް ކޮވިޑްގެ ކޭސްތައް އެބައުޅޭކަމަށާއި، 92 ގަނޑިއިރުގެ ނެގެޓިވް ޕީސީއާރު ޓެސްޓެއް ބޭނުންވަނީ ކޮވިޑްޖެހިފައި ތިބި މީހުން އެއްގައުމުން އަނެއްގައުމަށް ދަތުރުކުރުމުގެ ފުރުސަތު ކުޑަކުރުމަށެވެ. 

ޑރ. މުހައްމަދު ވިދާޅުވީ ނެގެޓިވް ޕީސިއާރް ޓެސްޓެއް ހެދިނަމަވެސް އެއީ އެ ބަލި ހަށިގަނޑުގެ ތެރޭގައި ނޫޅޭނެކަމުގެ އެންމެ ފުރިހަމަ ގެރެންޓީއެއް ދޭނެ އެއްޗެއްނޫންކަމަށެވެެ. އެހެންކަމުން މިހާރަށް ކުރެވޭނެ އެއް ކަމެއްގެ ގޮތުގައި ޑރ. މުހައްމަދު ވިދާޅުވެފައިވަނީ ބަލީގެ ހާލަތު ގޯސް ގައުމުތަކުން ރާއްޖެއަށް އެތެރެވެވޭ މަގު ބަންދުކުރުމެވެ. 

"އަޅުގަނޑަށް ބޮޑަށް ލަފާކުރެވެނީ، މިހާރަށް ކުރެވޭނެ އެއްކަމަކީ އެ ގައުމަކުން ނުވަތަ ކޭސްތައް އެންމެ ގިނަ ގައުމަކުން ރާއްޖެއަށް އައުމަށް އިންނަ މަގު ބަންދުކުރުމަށް އެއީ އެއްކަންތައް ލޮކްޑައުންގެ ކުރިން ނުވަތަ ލޮކްޑައުންއަކަށް ދިޔުމުގެ ކުރިން އެ ގައުމުތަކުން ރާއްޖެއަށް އައުން ހުއްޓުވުން އެއީ ކުރެވިދާނެ އެއްކަން" ޑރ. މުހައްމަދު ވިދާޅުވިއެވެ.

ޑރ. މުހައްމަދު ވިދާޅުވީ އެހެން ގައުމުތަކުންވެސް ކަންތައް ކުރަނީ އެގޮތަށް ކަމަށާއި މިސާލު ނަގަންޖެހެނީ ބޮޑެތި ގައުމުތަކުގެ ތަޖުރިބާއަށްވެސް ބެލުމަށްފަހު ކަމަށެވެ. އަދި މިހާރު އެޅިފައިވާ ފިޔަވަޅުތަކަށް އެންމެންވެސް އަމަލުކުރުމާއި އެއުސޫލުތައް ރަނގަޅަށް ތަންފީޒުކުރޭތޯ ބެލުންވެސް އެއީ ކުރެވިދާނެ ކަމެއް ކަމަށް ޑރ، މުހައްމަދު ވިދާޅުވިއެވެ. 

ޑރ. މުހައްމަދު ވިދާޅުވީ ކޮވިޑް ހާލަތު އެންމެ ފުރަތަމަ ރާއްޖެއާއި ހަމަޔަށް އާއިރުވެސް ވައިރަސް ރަނގަޅަށް އެގިފަ ނެތުމާ އެހާލަތައް ތައްޔާރުވެފައި ނުވުމުން ކޮވިޑް ރާއްޖެއަށް އިތުރަށް އެތެރެވުން ބްލޮކް ކޮށްލުމަށް އޭރުވެސް ބޯޑަރުތައް ބަންދުކުރީ ކަމަށެވެ. އަދި އެކަން އެގޮތައް އޭރު ނުކުރިނަމަ ހާލަތު ވަރަށް ގޯސްވީސްކަމަށް ޑރ. މުހައްމަދު ވިދާޅުވިއެވެ.

މިހާރު މުޅިދުނިޔެއިންވެސް ކޮވިޑް ހާލަތު އެންމެ ގޯސްތަނަކީ އިންޑިއާއެވެ. މިހާތަނަށް ދުނިޔޭގެ އެއްވެސް ހިސާބަކުން ފެނިފައިނުވާވަރުގެ ގިނަ ކޭސްތަކެއް ދަނީ އިންޑިއާއިން ފެންނަމުންނެވެ. އެގޮތުން އަންގާރަ ދުވަހު އެކަނިވެސް 355،000 މީހުން އިންޑިއާއިން ޕޮޒިޓިވްވެފައިވެއެވެ. އެއީ އެޕްރީލް 30 ވަނަ ދުވަހުން ފެށިގެން ހަތަރު ލައްކައިން ތިރިން ކޭސްތައް ރިކޯޑް ކުރެވުނު ފުރަތަމަ ފަހަރެވެ. އިންޑިއާއިން މިހާތަނަށް 20މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އަދި އަންގާރަ ދުވަހު އެކަނިވެސް އިންޑިއާއިން ވަނީ ބަލީގައި 1،112 މީހުން މަރުވެފައެެވެ. އަދި ބަލީގައި މިހާތަނަށް 225،498 މީހުންވަނީ މަރުވެފައެވެ.

މިކަން މިހެން އޮތްއިރު، 2021 ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަހު، 396،983 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މި ތަފާސް ހިސާބުން ދައްކާ ގޮތުގައި ކޮވިޑް19 އާއި ގުޅިގެން ލޮކްޑައުން ކުރުމަށްފަހު ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ވެސް އަވަށްޓެރި އިންޑިއާއިންނެވެ. ނަމަވެސް އިންޑިއާގައި ކޮވިޑް ހަލުވިކޮށް ފެތުރެމުންދިއުމާއި އެކު އިންޑިއާއިން އަންނަ މީހުންގެ އަދަދު މިހާރު ވަނީ މަދުވާން ފަށާފައެވެ. 

މި އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ހިސާބުތައް ވަކި ވަކިން ބަލާއިރު ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 92،103 މީހުންނެވެ. އަދި ޖެހިގެން އައި ފެބްރުއަރީ މަހު 96،682 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. މިއަހަރުގެ މާޗް މަހު ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އެޅެނީ 109،585 ގައެެވެ. އަހަރުގެ ފުރަތަމަ ތިންމަހު ވެސް ޒިޔާރަތް ކުރި މީހުންގެ ނަމްބަރު އިތުރު ވަމުންދިޔަ ނަމަވެސް އޭޕްރީލް މަހު ޒިޔާރަތް ކުރި މީހުންގެ ނަމްބަރު ވަނީ ދަަށަށް ގޮސްފައެވެ. އޭޕްރީލް މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 91،200 ފަތުރުވެރިންނެވެ. 

ކޮވިޑް ހާލަތު މިހާރު ރާއްޖޭގައި ގޯސަވަމުން ދިޔުމުންނާއި އިންޑިއާއިން ގިނަ ކޭސްތަކެއް ފެންނަމުން ދާތީ ގިނަ ބަޔަކު އަންނަނީ ބޯޑަރު ބަންދުކުރުމަށް އެދެމުންނެެވެ. އެހެންނަަމަވެސް ސަރުކާރާއި ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމެވެ. 

64%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް