ads
ޝަހީދު ހުސައިން އާދަމް ބިލްޑިންގ
ވަގަަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ ފައިވާނުގެ ވެރިފަރާތް ހޯދަނީ
ވަގަށް ނަގާފައިވާކަމަށް ބެލެވޭ ދެ ފައިވާނުގެ އިތުރުން ހޮވައިގެން ގެނެސްފައިވާ 1700 ދިވެހި ރުފިޔާއާއި ބައެއް ކޮންސްޓްރަކްޝަން ސާމާނުގެ ވެރިޔަފާތް ހޯދަން ދިވެހި ފުލުހުން އިއުލާން ކޮށްފި އެވެ.

ފުލުހުން ދިވަޅުވީ މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށެވެ. އަދި  އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށެވެ. 

ވެރިފަރާތެއް ނުހޯދި ލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

  • އެޕްރީލް 28 ވަނަ ދުވަހު ބޮޑުރަސްގެފާނު މަގު ކައިލާން ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކުލަފާޓާއެއް. އިންސިޑެންޓް ނަންބަރު 485722
  • މެއި 2 ވަނަ ދުވަހު ވިލިމާލެ ފެރީ ޓާމިނަލް ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ ފައިވާން. އިންސިޑެންޓް ނަންބަރު 486038
  • މެއި 3 ވަނަ ދުވަހު ސޯސަންމަގު ސިޓީ ބޭކަރީ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 1700 ރުފިޔާ. އިންސިޑެންޓް ނަންބަރު 486162
  • މެއި 3 ވަނަ ދުވަހު ރަށްދެބައި މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގަޑިއެއް. އިންސިޑެންޓް ނަންބަރު 486105
  • މެއި 3 ވަނަ ދުވަހު ދޮންއަނދަރާދަ ހިނގުން އެންޒީ ބޭކަރީ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އުވަދޯންޏެއް. އިންސިޑެންޓް ނަންބަރު 486161
  • މެއި 3 ވަނަ ދުވަހު ނީލަންފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޮންސްޓްރަކްޝަން ބިޑި ގޯންޏަކާ 1 ރެންޗު. އިންސިޑެންޓް ނަންބަރު 486139
  • މެއި 4 ވަނަ ދުވަހު ނީލަންފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 1 ރެންޗު، 1 ޓެސްޓަރ، 1 ޕްލަސް ކަށިގަނޑު، 6 ބުރުމާކަށި، 1 ވަޑާންކަށި، 1 ގްރޭންޑަރ ބުރު، 1 އަބު، 1 ސޮކެޓު. އިންސިޑެންޓް ނަންބަރު 486193

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދިލައްވެފައެވެ. އަދި ތަކެއްޗާއި ހަވާލުވާން ވަޑައިގަންނަވާއިރު ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ހިފައިގެން ވަޑައިގަތުމަށް ވެސް ފުލުހުން އެދިލައްވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް