ads
ނޫސްވެރިންގެ އެއްވުމެއްގެ ތެރެއިން-- ފޮޓޯ: ވޮއިސް
ނޫސްވެރިން ކުރިން ދޫކުރި ފާސްތައް ބޭނުން ކުރެވޭނެ: މީޑިއާ ކައުންސިލް
ނޫސްވެރިންނަށް ކުރިން ދޫކޮށްފައި ހުރި ފާސްތައް ބޭނުންކޮށްން ކާފިއު ވަގުތުތަކުގައި ހަރަކާތްތެރިވެވޭނެކަމަށް މީޑިއާ ކައުންސިލުން ހާމަކޮށްފިއެވެ.

މީޑިއާ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކުރިން ދޫކޮށްފައި ހުރި ފާސްތަކުގެ އިތުރުން އިތުރު ފާސް ހައްދައި ނުދޭނެ ކަމަށެވެ. ނަމަވެސް ފާސް ގެއްލިފައިވާ ނޫސްވެރިން އެ ކައުންސިލުގެ ހާއްސަ ކުރެވިފައިވާ ނަންބަރަށް ގުޅައިގެން އައު ފާސް ހެއްދިދާނެކަމަށެވެ. 

ރާއްޖޭގައި ކޮވިޑް 19 ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން މިރޭ މެންބަރު 12:00 އިން ފެށިގެން ފަތިހު 4:00 އާއި ހަމައަށް އެއްގަމު އުޅަނދު ދުއްވުމާއި ބޭރަށް ނުކުމެ އުޅުން އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ. 

ރާއްޖޭގައި ކޮވިޑް 19 ގެ ހަތަރު ވަަނަ ރާޅު އަރާފައިވާއިރު އެ ރާޅުގައި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ޕޮޒިޓިވް ވަމުންނެވެ. އިއްޔެ 600 އަށްވުރެ ގިނަ މީހުން ރާއްޖެއިން ޕޮޒިޓްވެފައިވެއެވެ. އަދި އައީސީޔޫތަކާއި ކޮވިޑް ފެސިލިޓީތައް ފުރި ސިއްހީ ނިޒާމަށް އަންނަނީ ނުކަތާ ވަރު ވަމުންނެވެ.

ކޮވިޑް ކޭސްތައް އިތުރުވާތީ ސިއްހީ އެހީތެރިންގެ ގޮތުގައި ވޮލެންޓިއަރު ކޮށްދޭނެ ފަރާތްތައް ވެސް ހޯދުމަށް ހެލްތް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް