ads
އެސްޓީއޯއިން ވަނީ ބިސް ކޭސް ވިއްކާ އަގު ހެޔޮ ކޮށްފަ --
އެސްޓީއޯއިން ބިސް ކޭހެއްގެ އަގު 100ރ. އަށް ކުޑަކޮށްފި
އެސްޓީއޯއިން ހޯލްސޭލްކޮށް ވިއްކާ ބިސް ކޭހުގެ އަގު 100ރ. އަށް ކުޑަކޮށްފި އެވެ.

ރޯދައަށް ހާއްސަކޮށް އެސްޓީއޯއިން ގިނަ އަދެއްގެ ބިސް ރާއްޖެ ގެނައިއިރު، އެސްޓީއޯއިން ވިއްކާ ބިސް ކޭހެއްގެ އަގު 100 ރުފިޔާއަށް ކުޑަކޮށްފައިވަނީ އިއްޔެ އެވެ.

މީގެ ކުރިން އެސްޓީއޯއިން ބިސް ކޭހެއްގެ ވިއްކަމުން އައީ 225 ރުފިޔާއަށެވެ. 

މީގެ ކުރިން، މިދިޔަ މަހު އެސްޓީއޯއިން ވަނީ ރޯދަ މަސް ފެށުނުއިރު 200 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ބަސްތާއެއްގެ އަގުވެސް 100 ރުފިޔާއަށް ކުޑަކޮށްފައެވެ. 

ރޯދަމަހާއި ދިމާކޮށް އާންމުކޮށް ރޯދަމަހުގައި ބޭނުންކުރާ ތަކެތީގެ އަގުތައް އެސްޓީއޯއިން ވަނީ ދަށްކޮށްފައެވެ. އެގޮތުން ފިޔާ، އަލުވި އަދި ބިހުގެ އަގު ދަށްކޮށްފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް