ads
މަހުލޫފު ކުރިކެޓް ކުޅުއްވަނީ
ކޮވިޑާ ހެދި އައިޕީއެލް މެދު ކަނޑާލިކަން މަހްލޫފަކަށް ނޭނގޭ
އަވައްޓެރި އިންޑިއާގައި ކުރިއަށްދާ ދުނިޔޭގެ އެންމެ އަގުބޮޑު ކުރިކެޓް މުބާރާތް ކަމަށްވާ، އިންޑިއަން ޕްރިމިއަ ލީގު، ކޮވިޑާ ހެދި މެދު ކަނޑާލާފައިވާކަން ރާއްޖޭގެ ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފަށް އެނގިވަޑައިނުގަންވާކަން ހާމަވެއްޖެއެވެ. އިންޑިއަން ޕްރިމިއަ ލީގުގައި މި ހަފުތާ ތެރޭ ހަތަރު ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވްވެގެން އެ މުބާރާތްވަނީ މީގެ ދެ ދުވަސް ކުރިން ފެށިގެން މުއްދަތެއް ނެތް ގޮތަށް މެދު ކަނޑާލާފައެވެ.

ކުރިކެޓް ކުޅުއްވާ، އަދި އިންޑިއާގެ ކުޅިވަރު ވަޒީރާވެސް ގާތް ގުޅުމެއް އޮންނަ މަހުލޫފު، މިއަދު މެންދުރު ރަސްމީ ބޯޅަ ދަނޑުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ އިންޑީއާގެ ކުރިކެޓް ލީގު މިހާރުވެސް ކުރިއަށްދާ ކަމަށެވެ. މަހުލޫފު ފަހުންވަނީ އެވާހަކަތުގެ ވީޑިއޯ ޓްވީޓްވެސް ކުރައްވާފައެވެ.

ބައްލަވާ މިސާލަކަށް އިންޑިއާގެ އެއޮއް މައްޗަށް ހުރިހާ ކަމެއް ދާއިރުވެސް ފެނެއެއް ނޫންތޯ ކުރިކެޓް ލީގުވެސް ކުރިއަށްދާތަން.

އިންޑިއާގެ ކުރިކެޓް ލީގު ކުރިއަށްދާ ކަމަށް ބުދަ ދުވަހު މެންދުރު މަހުލޫފު ވިދާޅުވިއިރު، އެ ލީގު އިއްޔެވަނީ މުއްދަތެއް ނެތް ގޮތަށް މެދު ކަނޑާލާފައެވެ. 

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅިވަރު އިވެންޓްތަކުގެ ތެރޭގައި ހިމެނޭ އައިޕީއެލް މެދު ކަނޑާލީ އެންމެ ހަތަރު ކޭސް، އައިޕީއެލްގެ ބައިވެރިންގެ ތެރެއިން ފެނުނުތާ 24 ގަޑިއިރުވެސް ނުވަނީހެވެ. އެތައް މިލިއަން ޑޮލަރެއް ޚަރަދު ކުރާ މި ލީގު މެދު ކަނޑާލާފައިވާއިރު، ލީގުގައި ވާދަކުރަނީ ދުނިޔޭގެ އެންމެ މޮޅު، އަދި އެންމެ މުއްސަނދި ކުރިކެޓް ކުޅުންތެރިންނެވެ.

އައިޕީއެލްގެ ތެރެއިން ބައެއް ކޭސްތައް ފެންމަތިވީއިރު، އިންޑިއާގައި އެވްރެޖްކޮށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ ދުވާލަކު ތިން ލައްކައަށްވުރެ މަތީގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް