ads
ފަސްޓް ލެޑީ ފަޒްނާ އަހްމަދު---
މެޑަމް ފަޒްނާ ވޮލިންޓިއަރު މަސައްކަތް ކުރަން ތައްޔާރު
ކޮވިޑްގެ ހާލަތު ރާއްޖޭގައި ގޯސްވެ ވޮލަންޓިއާކޮށް މަސައްކަތް ކުރާނެ މީހުން ހޯދުމަށް ހެލްތު މިނިސްޓްރީން އިއުލާނުކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު އެކަމަށް ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.

މެޑަމް ފަޒްނާ ވޮލަންޓިއާ މަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ މިއަދު ފޭސްބުކްގައި ކުރެއްވި މެސެޖެއްގަ އެވެ.

އެ މެސެޖްގައި ފަޒްނާ ވިދާޅުވެފައި އެކަމަނާއަށް ފުރުސަތު ދެއްވައިފިނަމަ ކޮވިޑްގެ ކަންކަމުގައި އެހީތެރިވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

އަދި މިދިޔަ އަހަރުގެ ތެރޭގައި މާލެއިން އެންމެ ފުރަތަމަ ބަޔަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ލޮކްޑައުން ކުރި ދުވަސްވަރު ވެސް މެޑަމް ވޮލަންޓިއާކޮށް ބައެއް މަސައްކަތްތަކުގައި އަމަލީގޮތުން އުޅުއްވާފައިވާކަން ވެސް އަކަމަނާ ވަނީ ފާހަގަކުރައްވާފަ އެވެ

މެޑަމް ވިދާޅުވީ ޔުނިސެފާއި، ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރާއި، މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަނާ އެކު މަސައްކަތްކޮށް، އެހީތެރިކަން ބޭނުންވެފައި ތިބި އާއިލާތަކަށް ހާއްސަ ވީޑިއޯ މެސެޖުތައް ތައްޔާރު ކުރެއްވި ކަމަށެވެ.

"މަގުސަދަކީ މެޑަމް ކުރައްވާފައިވާ ކަންކަމުގެ ވާހަކަ ދެއްކުމެއް ނޫން. ބޭނުންފުޅުވަނީ ގައުމު ބޭނުންވުމުން އެހެން ފަރާތްތަކުންވެސް ގައުމީ ހިދުމަތަށް ނިކުންނެވުމަށް ހިތްވަރު ދެއްވުން. އިންޝާﷲ އަހަރެމެންނަށް މިކަމުން އަރައިގަނެވޭނެ." މެޑަމް ފަޒްނާ ވިދާޅުވި އެވެ.



ފަޒްނާ މިހެން ވިދާޅުވެފައި ވާއިރު އެކަމަނާއަކީ ކޮވިޑް ބަލީގެ ޝިކާރައަކަށްވެ، ފަރުވާ ހޯދާ، އެބަލިން ރަނގަޅުވެ ވަޑައިގަންނަވާފައިވާ ކަނބަލެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް