ads
ޑރ. އިބްރާހީމް އަފްޒަލް--
"ދެ ޑޯޒް ޖެހި 30 މީހަކަށް ހުޅުމާލެ ފެސިލިޓީގައި ފަރުވާ ދެނީ"
ކޮވިޑަށް ޕޮޒިޓިވްވެގެން ހުޅުމާލެ މެޑިކަލް ފެސިލީގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރޭ ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ 30 މީހަކު ހިމެނޭ ކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑް ކޭސްތަކުގެ ތެރޭގަިއ ގިނައީ ވެކްސިން ނުޖަހާ މީހުން ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ ތެރެއިން ވެކްސިން ޖެހި ފަހުން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަށް ބަލާއިރު، ގިނައީ ފުރަތަމަ ޑޯޒު ޖެހި މީހުން ކަމަށެވެ. އަދި ދެވަނަ ޑޯޒު ޖެހި މީހުންގެ އަދަދު އަދި ވަރަށް މަދު ކަމަށެވެ. 

އެގޮތުން ކޮވިޑަށް ޕޮޒިޓިވް ޖުމުލަ 160 މީހަކަށް ހުޅުމާލެ މެޑިކަލް ފެސިލީގައި ފަރުވާ ދެމުން އަންނަ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖޭގައި ޖުމުލަ 119،518 މީހަކު ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 299،407 މީހެކެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދޭ 160 މީހުންގެ ތެރެއިން 30 މީހުންނަކީ ދެ ޑޯޒު ޖަހާފައިވާ މީހުން ކަމަށާއި، 30 މީހުންނަކީ ފުރަތަމަ ޑޯޒު އެކަނި ޖަހާފައިވާ މީހުން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ބާކީ 69 މީހުންނަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރާއްޖޭގައި މިއަދު 734 މީހަކު ޕޮޒިޓިވްވެފައިވާއިރު، މިއީ މިހާތަނަށް އެއްދުވަހު ރާއްޖެއިން އެންމެ ގިނަ މީހުން ޕޮޒިޓީވްވި އަދަދެވެ. މިއާއެކު ރާއްޖޭގައި މިހާރު އެކްޓިވް ކޭސްގެ އަދަދު ވަނީ މީގެ ކުރިން އިތުރު ނުވާ ވަރަށް، 7109 އަށް އަރާފައެވެ.

6%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
63%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް