ads
ޑރ. އިބްރާހީމް އަފްޒަލް--
"ވެކްސިން ޖެހި މީހުންގެ ތެރެއިން ޕޮޒިޓިވްވީ 2.3 އިންސައްތަ މީހުން"
ކޮވިޑް ވެކްސިން ޖެހި މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވީ 2.3 އިންސައްތަ މީހުން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖޭގައި ވެކްސިން ޖަހަން ފެށި ފަހުން ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ ވެކްސިން ނުޖަހާ މީހުން ކަމަށެވެ.

ނަމަވެސް ވެކްސިން ޖެހި މީހުންނާއި ވެކްސިން ނުޖަހާ މީހުންގެ ފަރަގު ވަރަށް ކުޑަކަން ޑރ. އަފްޒަލް ފާހަގަ ކުރެއްވިއެވެ. 

އެގޮތުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 44 އިންސައްތަ މީހުންނަކީ ވެކްސިން ޖަހާފައި ތިބި މީހުން ކަމަށާއި، ވެކްސިން ނުޖަހަނީ 56 އިންސައްތަ މީހުން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. ނަމަވެސް ޖުމުލަކޮށް ބަލާނަމަ، ވެކްސިން ޖެހި މީހުންގެ އަދަދަށް ބަލާއިރު، ޕޮޒިޓިވްވެފައި ވަނީ 2.3 އިންސައްތަ މީހުން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. 

ޑރ. އަފްޒަލް ވިދާޅުވީ، ގިނައިން ޕޮޒިޓިވްވެފައި ވަނީ ފުރަތަމަ ޑޯޒު އެކަނި ޖެހި މީހުން ކަމަށެވެ. އަދި ނިސްބަތުން ދެ ޑޯޒު ފުރިހަމަ ކުރި މީހުންގެ ތެރެއިން ޕޮޒިޓިވްވި މީހުން މަދު ކަމަށް ޑރ. އަފްޒަލް ފާހަގަ ކުރެއްވިއެވެ. ނަމަވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު މަޑުމަޑުން ގިނަވަމުން އަންނަ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. 

ރާއްޖޭގައި މިހާތަނަށް 299،407 މީހަކު ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައެވެ. އަދި ދެވަނަ ޑޯޒު ޖަހާފައިވަނީ 119،518 މީހެކެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް