ads
ޑރ. އަބްދުﷲ ނިޔާފް-- ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް
"ކުރިން ކޮވީޑް ޖެހުނު އުމުރުން ދުވަސްވީ މީހުންނަށް ނުރައްކާ ބޮޑު"
ކުރިން ކޮވިޑް ޖެހުނު އުމުރުން ދުވަސްވީ މީހުންނަށް ތިންވަނަ ރާޅުގައި ނުރައްކާ ބޮޑު ކަމަށް ރާއްޖޭގެ މަޝްހޫރު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވެއްޖެއެވެ.

ޑރ. ނިޔާފް ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ ކުރިން ކޮވިޑް ޖެހި ރަނގަޅުވެފައިވާ އުމުރުން ދުވަސްވީ މީހުންނާއި ރާއްޖެއަށް ދިމާވި ކޮވިޑްގެ ފުރަތަމަ އަދި ދެވަނަ ރާޅުން ސަލާމަތްވި އުމުރުން ދުވަސްވީ މީހުންގެ ފުއްޕާމޭ އަދި ރަނގަޅުވެފައި ނުވާނެ ކަމަށެވެ.

އަދި އެމީހުންގެ ފުއްޕާމޭ ބަލި ޖެހުމުގެ ކުރިން ހުރި ގޮތަށް އަދި އިޔާދަނުވާނެ ކަމަށާއި އެމީހުންގެ ދިފާއީ ނިޒާމު އެސަބަބުތަކާ ހުރެ ކުރިއަށްވުރެ ބަލިކަށިވާނޭ ކަމަށް ވެސް ޑރ.ނިޔާފް ވިދާޅުވި އެވެ.

އެހެންކަމުން ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ތިންވަނަ ރާޅުގައި އެމީހުންނަށް ބަލީގެ އަސަރު މާބޮޑަށް ކުރާނެ ކަމަށާއި އެއީ އިންތިހާއަށް ބިރުގަންނަން ޖެހޭ ކަމެއް ކަމަށްވެސް ޑރ. ނިޔާފް ވިދާޅުވި އެވެ.

މިއަދު ރާއްޖެއިން ކޮވިޑަށް 735 މީހަކު ޕޮޒިޓިވްވެފައި ވާއިރު މާލޭ ސަރަހައްދުން އެކަނި ވެސް 540 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އަދި އަތޮޅު ތެރެއިން 186 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި ރިސޯޓްތަކުން ހަތް މީހަކު ޕޮޒިޓިވްވެފައި ވާއިރު ސިނާއީ ރަށްތަކުން މީހަކު މިއަދު ޕޮޒިޓިވް ވެފައިވެއެވެ. 

މިވަގުތު ރާއްޖޭގައި 7109 އެކްޓިވް ކޭސް އުޅޭއިރު، މިއީ މިހާތަނަށް ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދު އެންމެ ގިނަވި ފަހަރެވެ. އަދި މީގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ ޖުމުލަ 198 މީހަކަށެވެ.

8%
ކަމުގޮސްފި
31%
އަޑުއެހިތާ މިހުރީ
62%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް