ads
ބައްސާމް އާއި މަހްލޫފު
ޕްރެޝަރު ބޮޑުވެ އެންމެ ފަހުން އޭއެފްސީ މެޗުތައް ލަސްކުރަނީ
ކޮވިޑުގެ ހާލަތު ކިތައްމެ ގޯހަސް، މާލޭގައި އޭއެފްސީ ކަޕުގެ މެޗުތައް ބޭއްވުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓާލައި، މެޗުތައް ފަސްކުރުމަށް އޭއެފްސީއާ އެފްއޭއެމުން ވާހަކަ ދައްކަން ފަށައިފިއެވެ. މިކަން ހާމަކުރީ ކުޅިވަރު ވަޒީރު މަހްލޫފު، ބުދަ ދުވަހުގެ ރޭ ދަންވަރު ކުރެއްވި ޓްވީޓެއްގައެވެ.

ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވަނިކޮށްވެސް އެފްއޭއެމާއި ކުޅިވަރު ވަޒީރު މަސައްކަތް ކުރައްވަމުން ގެންދެވީ ކުރިންވެސް އޮތް ގޮތަށް އޭއެފްސީ މެޗުތައް މާލޭގައި ކުރިއަށް ގެންދާށެވެ. އަދި އެކަމުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވިސްނައިދޭން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ، ކުޅިވަރު ވަޒީރު މަހްލޫފުވަނީ ބުދަ ދުވަހު މެންދުރު ޕްރެސްކޮންފަރެންސެއްގައި އެތައް ވާހަކައެއް ދެއްކެވިއެވެ. އެހެންނަމަވެސް އެ ވާހަކަތައް ދެއްކިތާ ބާރަ ގަޑިއިރުވެސް ނުވަނީސް މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މެޗުތައް ފަސް ކުރަން އޭއެފްސީއާ އެކު އެފްއޭއެމުން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

މަހުލޫފުވަނީ، އޭއެފްސީ މެޗުތައް ރާއްޖޭގައި ނުބާއްވައިފިނަމަ އޭއެފްސީން ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރުވެސް ބުދަ ދުވަހު ދެއްވާފައެވެ. އަދި މާލޭގައި އޭއެފްސީ ކަޕުގެ މެޗުތައް ކުރިއަށް ގެންދާނީ އެހެން އެއްވެސް ކަމެއް ނުގެންދާހާ ފުރިހަމައަށް ކަމަށް ވިދާޅުވުމަށް ފަހު މުޅި މައުލޫ ބަދަލުވީ ކުއްލިއަކަށެވެ.  

މިކަން ނުކޮށްފިކަމަށްވާނަމަ، އަޅުގަނޑުމެންނަށް ބައިވެރި ނުވެވިއްޖެ ކަމަށްވާނަމަ އޭއެފްސީން ރާއްޖެ ސަސްޕެންޑް ކުރުން ކަހަލަ ނޫން ނަމަ ހަމަގައިމުވެސް ރާއްޖޭގެ މި ކުލަބުތަކަށް ދެން އެ ފުރުސަތު ގެއްލުން ކަހަލަ ކަންކަންވުމުގެ ފުރުސަތު ވަރަށް ބޮޑު.

މާލޭގައި އޭއެފްސީ ކަޕުގެ މެޗުތައް ކުރިއަށް ގެންދަނީ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށް ސަރުކާރުންވަނީ ބުނެފައެވެ. އެހެންނަމަވެސް އެއާ އެކު އެތައް ބަޔަކުވަނީ އެކަމާ ނުރުހުން ފާޅުކުރަން ފަށާފައެވެ.

އޭއެފްސީ މެޗުތައް ފަސްކުރަން އޭއެފްސީއާ އެކު އެފްއޭއެމުން ވާހަކަ ދައްކަމުން އަންނަ ކަމަށް މަހުލޫފު ވިދާޅުވިނަމަވެސް މިކަމާ ގުޅޭ ގޮތުން އެފްއޭއެމްއަކުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. އެފްއޭއެމްގެ ރައީސް ބައްސާމްވެސް މެޗުތައް ފަސްކުރުމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް