ads
ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު
ޝުޖާއު ކޮވިޑަށް ޕޮޒިޓިވްވެ ހޮސްޕިޓަލްގައި ފަރުވާދެނީ
ހުޅުމާލެ ދާއިރާއަށް އިންތިހާބުވި އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މައުލޫމާތު ލިބޭގޮތުން ޝުޖާއުވަނީ ކޮވިޑަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓުވެސް ކޮށްފައެވެ. 

ޝުޖާއު ޕޮޒިޓިވްވުމާއި ގުޅިގެން އިދިކޮޅުގެ ގިނަ ފަރާތްތަކެއްދަނީ ޝުޖާއުއަށް އަވަސް ޝިފާއަކަށް އެދެމުންނެވެ.

އެގޮތުން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްއާއި މާލޭ ސިޓީ ކައުންސިލްގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ޓްވީޓްކުރައްވާފައެވެ.

"ޝުޖާއު ކޮވިޑް19 އަށް ޕޮޒިޓިވްވި ހަބަރަކީ ވަރަށް ހިތްދަތި ހިތާމަވެރި ޚަބަރެއް. ޝުޖާއަށް އަވަސް ޝިފާ މިންވަރު ކުރެއްވުން އެދި ކުރަން،" - ޑރ.މުއިއްޒު -

މާލޭގެ ކޭސްތަކުގެ އަދަދުތައް ވަނީ ބިރުގަންނަށް ޖެހޭ މިންވަރަށް އިތުރުވެފައެވެ.

އިއްޔެ ރާއްޖެއިން ކޮވިޑަށް 735 މީހަކު ޕޮޒިޓިވްވެފައި ވާއިރު މާލޭ ސަރަހައްދުން އެކަނި ވެސް 540 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އަދި އަތޮޅު ތެރެއިން 186 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. ރިސޯޓްތަކުން ހަތް މީހަކު ޕޮޒިޓިވްވެފައި ވާއިރު ސިނާއީ ރަށްތަކުން އެކަކު ޕޮޒިޓިވް ވެފައިވެއެވެ. 

މިވަގުތު ރާއްޖޭގައި 7،109 އެކްޓިވް ކޭސް އުޅޭއިރު، މިއީ މިހާތަނަށް ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދު އެންމެ ގިނަވި ފަހަރެވެ. އަދި މީގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ ޖުމުލަ 198 މީހަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް