ads
އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓިރޭޒް
އދގެ ސެކެރެޓަރީ ޖެނެރަލް ރާއްޖޭގެ ހާލަތު އޮޅުންފިލުއްވައިފި
އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓިރޭޒްއާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައި ދިވެހިރާއްޖޭގެ ހާލަތު އޮޅުން ފިލުއްވައިފިއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓިރޭޒްއާ ބައްދަލުކުރެއްވީ ވާޗުއަލްކޮށް ކޮށްކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުންޏެވެ. 

"މި ބައްދަލުވުމުގައި، ކޮވިޑާ ގުޅިގެން އދ އިން ރާއްޖެއަށް ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މިނިސްޓަރ ޝާހިދު ވަނީ ރާއްޖޭގެ ކޮވިޑްގެ ހާލަތާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ސެކްރެޓަރީ ޖެނެރަލަށް އަރުވާފަ،" - ފޮރިން މިނިސްޓްރީ

މި ވަރޗުއަލް ބައްދަލުވުމުގައި މިނިސްޓާ އޮފް ފޮރިން އެފެއަރޒް އަހުމަދު ހަލީލް އާއި ދިވެހިރާއްޖެއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން ބައިވެރިވެވަޑައިގަތްކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. 

your imageެއދ ގެ ސެކެރެޓަރީ ޖެނެރަލް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ފާއިތުވީ ހަފްތާއެއްހާ ދުވަހުގެ ތެރެގައި ވަރަށް ބޮޑުތަނުން މައްޗަށް ގޮސްފައެވެ. 

އިއްޔެ ރާއްޖެއިން ކޮވިޑަށް 735 މީހަކު ޕޮޒިޓިވްވެފައި ވާއިރު މާލޭ ސަރަހައްދުން އެކަނި ވެސް 540 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އަދި އަތޮޅު ތެރެއިން 186 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. ރިސޯޓްތަކުން ހަތް މީހަކު ޕޮޒިޓިވްވެފައި ވާއިރު ސިނާއީ ރަށްތަކުން އެކަކު ޕޮޒިޓިވް ވެފައިވެއެވެ. 

މިވަގުތު ރާއްޖޭގައި 7،109 އެކްޓިވް ކޭސް އުޅޭއިރު، މިއީ މިހާތަނަށް ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދު އެންމެ ގިނަވި ފަހަރެވެ. އަދި މީގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ ޖުމުލަ 198 މީހަކަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް