ads
ރީކޯ މޫސާ މަނިކު----ފޮޓޯ: މޯލްޑިވްސް ޓައިމްސް
ޑޮކްޓަރެއް ނަރުހެއްނޫން، އެޗްޕީއޭއިން އެދުނު އެހެން ކޮންމެ މަސައްކަތެއް ކޮށްދޭނަން:ރީކޯ
ކޮވިޑްގެ މިހާލަތުގައި އެެޗްޕީއޭއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައީބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސިއްހީ ނިޒާމަށް ބާރުބޮޑުވެ ވޮލެންޓިއަރުން ހޯދަން ހެލްތް މިނިސްޓްރީން އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައި ރީކޯ ވިދާޅުވީ،‏ މިރާއްޖޭގައި މީގެކުރިން ސުނާމީގެހާލަތުގަވެސް  ވޮލެންޓިއަރުންގެގޮތުގަ ގިނަބަޔަކުމަސައްކަތްކުރި ކަމަށެެވެ.

އަދި އެމީހެއްގެ ހުނަރާ، ކެރުމާއެކު އަނެކުންނަށްއެހީ  ތެރިވުމަކީ އިންސާނީ  ވާޖިބެއް ކަމަށާއި، ޑޮކްޓަރެއް ނަރުހެއްނޫން ނަމަވެސް އެދުނު އެހެން ކޮންމެ  މަސައްކަތެއްކޮށްދޭން ތައްޔާރަށް ހުންނެވިކަމަށް ރީކޯ ވިދާޅުވިއެވެ. 

ޕޮޒިޓިވްވާ މީހުން އިތުރުވާތީ ފަންނީ މުވައްޒަފުން ހޯދަން ބޭނުންވާކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އެހެންކަމުން މި ވޮލެންޓިއަރު ކުރަން ބޭނުންވާ މުވައްޒަފުން އެ މިނިސްޓްރީ އަށް ސިވީ މެއިލް ކުރުމަށް ވަނީ އެދިފައެވެ.

ސިއްހީ އެހީތެރިން ވަނީ ކޮވިޑް-19 އާއި ގުޅިގެން ބާރުބޮޑުވެ އެހެން ބަލިތަކަށް ފުރުވާ ކުރަން އަންނަ މީހުންނަށް ވެސް ބުރޫ އަރާކަން ހާމަކޮށްފައެވެ. 

ރާއްޖޭގެ ކޮވިޑް-19 ގެ ހަތަރު ވަނަ ރާޅު އައިސްފައިވާއިރު، ރޭ ވެސް މުޅި ރާއްޖެއިން 700 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަވެއެވެ.

އަދި އެޑްމިޓްކުރާ މީހުންގެ ރޭޓް އިތުރުވެ ފެސިލިޓީތައްވެސް ދަނީ ފުރެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް