ads
ފައިޒާ ވެކްސިން
ރާއްޖޭގައި މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭން ފަށަނީ
ދިވެހި ރާއްޖޭގައި މާބަނޑު މީހުންނަށް ވަރަށް އަވަހަށް ވެކްސިން ދޭން ފަށާނެ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ޑރ. ފައިސަލް މިހެން ވިދާޅުވެފައިވަނީ ކޮވިޑްގެ މިހާލަތުގައި މާބަނޑު ސިއްހީ ހިދުމަތްތެރިންވެސް ހޮސްޕިޓަލްތަކުގައި ހަރަކާތްތެރިވަމުންދާއިރު ކޮވިޑް ޖެހި ނުރައްކާ ވުމުގެ ފުރުސަތު ބޮޑުކަމުން އެ ހިދުމަތްތެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. 

އަދި މިހާލަތުގައި ކޮވިޑް ޖެހޭ މާބަނޑުމީހުން ސީރިއަސް ހާލަތަކަށްދާ މިންވަރުވެސް ގިނަ ކަމަށް ޑޮކްޓަރުން ދަނީ ވިދާޅުވަމުންނެވެ.

އެގޮތުން ކޮވިޑް އެންމެ ފުރަތަމަ ފެނުންއިރު މާބަނޑުމީހުންނަކީ އެހާ ހައިރިސްކު ބައެއް ނޫންކަމަށް ނިންމާފައި ވާނެ ކަމަށާއި އަދި މިހާތަނަށްވެސް މާބަނޑުމީހުން ކޮވިޑް ޖެހިގެން ބަލިވިކަމަށްވީނަމަވެސް ބަލިހާލަތު ސީރިއްސްވެގެން އައިސީޔޫއަށް ލާންޖެހޭ ވަރަށް ނުދާކަމަށް ޑރ. މުހައްމަދު އަލީ ވެސް ވަނީ ވިދާޅުވެފައެެވެ.  

އެހެންނަމަވެސް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަތަކަށް ޖަވާބު ދެމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މާބަނޑު ޕޭޝެންޓުންގެ އަދަދުތަށް ވެސް ރާއްޖެގައި ގިނަ ވަމުން އަންނަ ކަމަށެވެ.

މިކަމާ ގުޅިގެން ޑރ. އައިޝަތު އަލީނާ ވިދާޅުވީ މިވަގުތުގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ސީރިއަށް ހާލުގައި މާބަނޑު އެއް ޕޭޝަންޓް އެބައޮތް ކަމަށެވެ. 

އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި މާބަނޑު މީހުންނަށް ހާއްސަ 16 ވަނަ ފަންގިފިލާފައި ޕޮޒިޓިވްވެގެން ފަރުވާ ދެމުން ދާ ތިން މީހުންގެ ތެރެއިން ދެ މީހުން ވަނީ ވިހާފަ ކަމަށާއި ދަރިފުޅާއި މައިމީހާގެ ހާލަވެސް ރަނގަޅު ކަމަށް ޑރ.އަލީނާ ވިދާޅުވި އެވެ.

އެހެންކަމުން މިހާރު ކޮވިޑަށް ފަރުވާދެމުންދާ މާބަނޑު މީހުންގެ އަދަދަކީ ހަތަރެއް ކަމަށް ވެސް ޑރ. އަލީނާ ވިދާޅުވި އެވެ. 

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވެ އައިސީޔޫތައް ވެސް އަންނަނީ ފުރެމުން ނެވެ. މާބަނޑު މީހުންނަށް ހާއްސަކޮށްފައިވާ އެނދުތަކުގެ ތެރެއިން ވެސް ބާކީ އިނީ އެންމެ އެނދެއްކަމަށް މަބްރޫކް ވިދާޅުވި އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް