ads
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން ---
އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ހޯދުމުގެ ބާރު ޕާލިމެންޓަރީ ގުރޫޕަށް ދޭން ފާސްކުރަނީ
އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ހޯދުމުގެ ބާރު މަޖިލީހަށް ދޭން އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕަށް ދޭން ގަރާރެއް ހުށަހަޅަން ނިންމައިފިއެވެ.

އެގޮތުން ގައުމީ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ގަރާރުގައި ބުނެފައިވަނީ ބޭރުގެ ފަންނީ މާހިރުންނާއެކު އެ ފައިސާ އަނބުރާ ހޯދުމަށް މަސައްކަތް ކުރުމުގެ ބާރު އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕަށް ދޭން ނިންމާކަމަށެވެ. 

އެ ގަރާރުގައި ބުނެފައިވަނީ އެމްއެމްޕޫއާރުސީގެ ހިޔާނާތުގެ ފައިސާ ހޯދުމަކީ އެ ޕާޓީގެ އެންމެ މުހިންމު އެއް ވައުދުކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ނެޝަނަލް އެސެޓް ރިކަވަރީ ކޮމިޝަނާއި، އެންޓި ކަރަޕްޝަން ކޮމިޝަނާއި، ފުލުހުން އެންމެ އެކަށީގެންވާ އަވަސް މިނެއްގައި އެ ހިޔާނާތާއި ގުޅޭ ތަހުގީގު ހިންގާފައި ނުވާކަމަށްވެސް އެ ގަރާރުގައި ބުނެފައިވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް