ads
މަހުލޫފު މާޒިޔާގެ ޖޯޒީގައި
އޭއެފްސީ ކަޕަށް މާޒިޔާއިން 8 މިލިއަން ޚަރަދު ކުރޭ: މަހުލޫފު
އަންނަ ހަފުތާގައި މާލޭގައި ފެށޭ އޭއެފްސީ ކަޕަށް މާޒިޔާއިން އަށް މިލިއަނެއްހާ ރުފިޔާ ޚަރަދު ކުރާނެ ކަމަށް ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް އެ ޚަރަދު ކުރަނީ ކޮން ފަރާތަކުން ކަމެއް މަހުލޫފު ވިދާޅެއް ނުވެއެވެ.

ބުދަ ދުވަހު މެންދުރު ރަސްމީ ބޯޅަ ދަނޑުގައި އޮތް ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން މަހުލޫފު ވިދާޅުވީ ކުރިއަށް މިއޮތް އޭއެފްސީ ކަޕަށް މާޒިޔާއިން އަށް މިލިއަނެއްހާ ރުފިޔާ ޚަރަދު ކުރާނެ ކަމަށެވެ. އޭނގެ ތަފްސީލް ވިދާޅުނުވި ނަމަވެސް ހަމަ އެކަނި ކޯޗަށްވެސް މަހަކު އެއް ލައްކަ ފަންސާސް ހާސް ރުފިޔާ މާޒިޔާއިން ޚަރަދު ކުރާ ކަމަށް މަހުލޫފު ވިދާޅުވިއެވެ.

ހަމައެކަނި މާޒިޔާގެ ކޯޗަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަހަކު އެއް ލައްކަ ފަންސާސް ހާސް ރުފިޔާ ޚަރަދު ކުރާނެ. ޖުމްލަ މި އަހަރަށް އޭއެފްސީ މުބާރާތަށް ތައްޔާރުވުމަށް އަށް މިލިއަނެއްހާ ރުފިޔާ!

ހަމަ އެކަނި އޭއެފްސީ ކަޕަށް މާޒިޔާއިން އަށް މިލިއަން ޚަރަދު ކުރާ ކަމަށް މަހްލޫފު ވިދާޅުވި އިރު، އޭނގެ މާނައަކީ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ ކޮންމެ މެޗަކަށް އެވްރެޖުކޮށް މާޒިޔާއިން 2.5 މިލިއަން ރުފިޔާ ޚަރަދު ކުރުމެވެ. ގްރޫޕް ސްޓޭޖުގައި މި އަހަރު މާޒިޔާ ކުޅޭނީ އެންމެ ތިން މެޗެވެ. 

އަންނަ ހަފުތާގައި މާލޭގައި ފަށާ، އޭއެފްސީ ކަޕުގެ ސައުތު ޒޯންގައި މާޒިޔާ ވާދަކުރާނީ އިންޑިޔާގެ ޗެމްޕިއަން އޭޓީކޭ މޯހަން ބަގާންއާ، ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސްގެ އިތުރުން ކޮލިފައިންގެ ފަހު މެޗު ކާމިޔާބު ކުރާ ޓީމަކާއެކުއެވެ. ކޮލިފައިންގެ ފަހު މެޗުގައި ވާދަކުރާނީ ރާއްޖޭގެ ކްލަބު އީގަލްސްއާ، އިންޑިޔާގެ ބެންގަލޫރު އެފްސީއެވެ.

އޭއެފްސީ ކަޕަށް މާޒިޔާއިންވަނީ ދުރާލައި ފުރިހަމައަށް ތައްޔާރުވެފައެވެ. މާޒިޔާއިން އޭއެފްސީ ކަޕަށް އަށް މިލިއަން ރުފިޔާ ޚަރަދު ކުރާ ކަމަށް މަހުލޫފު ވިދާޅުވި ނަމަވެސް އެ ފައިސާ އެ ކުލަބުން ހޯދަނީ ކިހިނެތް ކަމެއް މަހުލޫފު ވިދާޅެއް ނުވެއެވެ. ރާއްޖޭގައި އެންމެ ރަނގަޅަށް ހިންގާ ކުލަބެއްގެ ގޮތުގައި އެންމެންވެސް ގަބޫލު ކުރަނީ މާޒިޔާއެވެ. އެ ކުލަބުގެ މެއިން ސްޕޮންސަރަކީ މިހާރު އޫރިދޫއެވެ. 

މާޒިޔާއިން އޭއެފްސީ ކަޕަށް އަށް މިލިއަން ރުފިޔާ ޚަރަދު ކުރާ ކަމަށް މަހްލޫފު ވިދާޅުވި އިރު، ކްލަބްތަކަށް ފައިސާ ދެމުން އައީ ސިޔާސީ މަގުސަދެއްގައި ކަމަށް މަހަލޫފު ކުރިން ވަނީ ރާއްޖޭގެ އޮންލައިން ނޫހަކަށް ދެއްވި އިންޓަރވިޔުއެއްގައި ވިދާޅުވެފައެވެ. ދެހާސް ނަވާރަވަނަ އަހަރު ކުރީކޮޅު، ބައްސާމް ވިދާޅުވެފައިވަނީ އެފްއޭއެމަށް ކުލަބުތަކަށް ފައިސާ ދެވިދާނެތޯ ސުވާލު އުފައްދަވާފައެވެ.

އެފްއޭއެމުން ކްލަބްތަކަށް ވިސްނައިދީގެން މި އުޅެނީ މާޗް މަހާ ހަމައަށް ސަރުކާރުން ނުދީފިއްޔާ އެފްއޭއެމުން ފައިސާ ދޭނަމޭ. އެފްއޭއެމުން ބިލް ނުދެއްކީމަ ކޮށްފައި ހުންނަ ޝަކުވާ މިތަނަށް ބިލް އައީމަ އަޅުގަނޑަށްތާ އެނގޭނީ. ތިން ވަނަ ޑިވިޝަން ޗެމްޕިއަން ރޮކް ސްޓްރީޓްއާ ދިމާވި ޗެމްޕިއަނަށްދޭ 10،000 ރުފިޔާ އެ މީހުންނަށް ނުލިބިގެން އުޅެނިކޮށް. ދެން މި ކިޔަނީ 30 މިލިއަން ރުފިޔާ ދޭ ވާހަކަ ކޮންތާކުންތޯ މި ފައިސާ ދެނީ؟
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް