ads
ފައިލް ފޮޓޯ: އެމްޑީޕީ
އައިސްކްރީމް ބުއި ފައިސާ ނޫން ހުރިހާ ފައިސާއެއް ހޯދޭނެ: ރައީސް ނަޝިދު
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން އައިސްކްރީމް ބޯން ހޭދަކުރި ފައިސާ ނޫން އެެހެން ހުރިހާ ފައިސާއެއް ހޯދޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ވެސް ރައީސް ނަޝީދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ހޯދުމަށް ބޭރުގެ މާހިރުން ގެނައުމުގެ ބޭނުމަކީ އެމްޑީޕީގެ ފަރާތުން ވެސް ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުން ކަމަށެވެ. 

"ހަގީގަތުގައި މީގެ ބޭނުމަކީ އެ ފައިސާ ހަޒާނާއަށް ގެނެސްދިނުން، އެއީ އަޅުގަނޑުމެން ވެފައި އޮތް ވައުދެއްވީމާ އެކަން އަޅުގަނޑުމެން ކުރުން. އެކަން ކުރުމަށް އަޅުގަނޑު މި ދަންނަވަނީ ދުނިޔޭގައި އެކަން ކުރާ ބާވަތުގެ މީހުން އަޅުގަނޑުވެސް ދަންނަމޭ،" - ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ އެފަދަ ތަހުގީގެއް ހިނގޭ ފަދަ ކުންފުންޏަކާއެކު އެއްބަސްވުމެއް ގާއިމް ކުރެވިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ވަގަށް ނަގާފައިވާ ފައިސާ އަލުން ހޯދިދާނެކަމަށެވެ. 

"ފަހަރުގެ މިސާލަކަށް އައިސްކްރީމަށް ދިޔަބައި ނުގެނެވިދާނެ. އެހެން ނަމަވެސް ފްލެޓް ގަންފައި ހުރި ނަމަ އެ ފައިސާ ހޯދޭނެ. އަދި އެހެން ކަންކަން ވެސް ހޯދޭނެ. ގެއްލިފައި ހުރި ފައިސާއެއް ވެއްޖިއްޔާ ދެން ހުރި ހަރުމުދަލެއް ވިއްކައިގެން ވެސް އެ ފައިސާ ހޯދޭނެ،" ރައީސް ނަޝީދު

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅައިގެން ބޭރުގެ މާހިރުންގެ އެހީތެރިކަމާއެކު މަޖިލީހުން އެމްއެމްޕީއާރުގެ ހިޔާނާތުގެ ފައިސާ ހޯދުުމުގެ މަސައްކަތް ކުރަން ވަނީ ނިންމާފައެވެ. 

އެސެޓް ރިކަވަރީ ކޮމިޝަނުން އާންމު ކުރި މައުލޫމާތަށް ބަލާއިރު ހިޔާނާތުގެ ފައިސާގައި ޖެހުނު މީހުންގެ އަދަދު މިހާތަނަށް ވަނީ 300 އަށް އަރާފަ އެވެ. ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުން މިހާރުވެސް މަޖިލީހުގެ އިތުރުން ސަރުކާރާއި ފަންޑިޔާރުންގެ ތެރޭގައި ތިބިކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ މީގެ ކުރިން ވަނީ ބުނެފައެވެ. 

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ޖެހުނު މީހުންގެ ލިސްޓު މިހާތަނަށްވެސް އާންމުކޮށްފައެއް ނުވެއެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތެރެއިން ދޫކުރި 37 ރަށާއި 12 ފަޅު އެކި ފަރާތްތަކަށް ދޫކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް އެެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވާ އިރު، އެ ހިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާގެ އަދަދު 3.4 ބިލިއަން ރުފިޔާއަށް އަރައެވެ. ބައެއް މީހުން އަންދާޒާ ކުރާގޮތުން އެ ފައިސާގެ އަދަދު އެއަށްވުރެ މަތިވުން ވެސް އެކަށީގެންވެއެެވެ. 

ގާނޫނުލް އުގޫބާތައް ގެނައި ހަތަރު ވަނަ އިސްލާހު ރައީސުލްޖުމްހޫރިޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވަނީ ތަސްދީގު ކުރައްވާފައެވެ. އެ އިސްލާހާއެކު ނުހައްގު މުއްސަނދިކަން ކުށަކަށްވާނެއެވެ. 

އެއީ ޤާނޫނު ނަންބަރު 2014/9 ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް މި ގެނައި އިސްލާހުގައި ރިޝްވަތު ހުށަހެޅުމަކީ ކުށެއްކަމުގައި ކަނޑައަޅުއްވާ އެކުށް ސާބިތުވާނެ ހާލަތު ވަނީ ބަޔާންކޮށްދީފައެވެ. އަދި ރިޝްވަތުގެ ކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެއްކަމުގައިވެސް މި ގެންނެވި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މި ޤާނޫނަށް ގެންނެވި އިސްލާހުގައި ނުޙައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށާއި، ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް ކަނޑައަޅުއްވާފައިވެއެވެ. އަދި މިފަދަ ކުށެއްކުރިކަމުގައި ނިންމަވާ ހަމަތަކާއި އުސޫލުތައްވެސް މި އިސްލާހުގައި ހިމެނިގެންވެއެވެ.

 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް