ads
ފުވައްމުލައް--
ފުވައްމުލަކު މޮނިޓަރިންއަށް ލައިފި
މޮނިޓަރިންއަށް ލީ ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެގެން
ފުވައްމުލަކުން ދެ މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފު ވިދާޅުވީ އެރަށް މޮނިޓަރިންއަށް ލާފައިވަނީ ރޯގާ ޖެހި، ކޮވިޑްގެ އަލާމަތްތައް ފެނިގެން ފްލޫ ކްލިނިކަށް ދެއްކި ދެމީހަކު ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. 

ފްލޫ ކްލިނިކަށް ދެއްކި ދެމީހުން ޕޮޒިޓިވް ވެފައިވާތީ މި ބަލި ރަށުގައި ފެތުރެމުންދާ ސަބަބު އަދި ނޭންގޭ ކަމަށްވެސް ފަލާހު ފާހަގަ ކުރެއްވިއެވެ. 

އަދި މިހާރު ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ކޮންޓެކްޓް ވެފައިވާ މީހުން އެނގޭ ވަރަކަށް އެމީހުންގެ ސާމްޕަލް ނަގަމުންދާނެ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ. 

މީގެ އިތުރުން ޕޮޒިޓިވް ވެފައިވަނީ ދެ ގެއެއްގެ ދެމީހުންކަން ފާހަގަ ކުރަމުން ފަލާހު ވިދާޅުވީ މިހާރު ދެ ގެވެސް ވާނީ ކަރަންޓީނު ކުރެވިފައި ކަމަށެވެ. 

މިއާއެކު މިހާރު ރާއްޖޭގައި މޮނިޓަރިންގެ ހާލަތަށް ލެވިފައިވާ ރަށްތަކުގެ އަދަދު ވަނީ 30 އަށް އަރާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް