ads
ރައީސް ސާލިހާއި މިނިސްޓަރު ޝައުނާ
މިނިސްޓަރު ޝައުނާ އިސްކަން ދެއްވާނެ ކަންކަން ހާމަކުރައްވައިފި
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިޝަތު ޝައުނާ މަގާމު އަދާކުރައްވާއިރު އިސްކަން ދެއްވާނެ ކަންކަން ހާމަކުރައްވައިފިއެވެ.
ޝައުނާ މިއަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ކެބިނެޓަށް ހިދުމަތްކުރުމަށް ލިބިވަޑައިގަތް ފުރުސަތަކަކީ އެކަމަނާއަށް ލިބުނު ބޮޑު ފަހުރެއްކަމަށެވެ. 

އެގޮތުން އެކަމަނާ އިސްކަން ދެއްވާނެ ކަންތައްތަކުގެ ތެރޭގައި، ތިމާވެއްޓާ، މޫސުމަށް އަންނަ ބަދަލުތަކާއި، ހަކަތައިގެ އިތުރުން ޓެކްނޮލޮޖީ ހިމެނެއެވެ. 

"ވީއެންމެ ރަނގަޅަކަށް އަޅުގނޑުގެ ވާޖިިބު އަދާކުރުމަށް މަސައްކަތް ކުރާނަން،" -ޝައުނާ

ޝައުނާ އަކީ ކުރިން ރައީސް އޮފީހުގެ ސެކެޓްރީ، ޕޮލިސީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. 

ރައިސް ސޯލިހް ވަނީ ބުދަ ދުވަހުން ފެށިގެން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އުވާލަން ނިންމަވާފައެވެ. އަދި އެ މިނިސްޓްރީގެ ޒިންމާތައް އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ. ސައިންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށް، އޭނާ މަގާމުން ވަކިކުރި ހިސާބުން އެ މިނިސްޓްރީއަށް އިތުރު ބޭފުޅަކު އައްޔަން ކުރައްވާފައެއް ނުވެއެވެ. އަދި އެމިނިސްޓްރީގެ ކަންކަން ވަގުތީ ގޮތުން ބައްލަވަމުން ގެންދެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ.


60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް