ads
ޝައިން ސެލޫން--
މާލެ ސަރަހައްދުގައި ކަސްރަތު ކުލާސްތަކާ، ސިނަމާތަކާއި ސެލޫންތައް ބަންދުކޮށްފި
މާލެ ސަރަހައްދުގައި ކަސްރަތު ކުލާސްތަކާ، ސިނަމާތަކާ، ސެލޫންތައް ބަންދުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގައިފިއެވެ.

މި ތަންތަން ބަންދުކުރުމަށް އެޗްޕީއޭ އިން އަންގާފައިވަނީ ހުކުރު ދުވަހުން ފެށިގެންނެވެ. އަދި ބަންދުކުރީ ވަކި މުއްދަތެއް ނެތް ގޮތަށެވެ. 

ރާއްޖޭގައި ކޮވިޑް 19 ގެ ހާލަތު ގޯސްވުމާއި ގުޅިގެން އެޗްޕީއޭއިން އަންނަނީ ފިޔަވަޅުތައް ހަރުކަށި ކުރަމުންނެނެވެ. އެގޮތުން މާލޭ ސަރަހައްދުގައި ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އާއި ހަމައަށް ވަނީ ކާފިއު އިއުލާނުކޮށްފައެވެ. 

މާލޭގެ ކޭސްތަކުގެ އަދަދުތައް ވަނީ ބިރުގަންނަށް ޖެހޭ މިންވަރަށް އިތުރުވެފައެވެ.

އިއްޔެ ރާއްޖެއިން ކޮވިޑަށް 735 މީހަކު ޕޮޒިޓިވްވެފައި ވާއިރު މާލޭ ސަރަހައްދުން އެކަނި ވެސް 540 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އަދި އަތޮޅު ތެރެއިން 186 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. ރިސޯޓްތަކުން ހަތް މީހަކު ޕޮޒިޓިވްވެފައި ވާއިރު ސިނާއީ ރަށްތަކުން އެކަކު ޕޮޒިޓިވް ވެފައިވެއެވެ. 

މިވަގުތު ރާއްޖޭގައި 7،109 އެކްޓިވް ކޭސް އުޅޭއިރު، މިއީ މިހާތަނަށް ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދު އެންމެ ގިނަވި ފަހަރެވެ. އަދި މީގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ ޖުމުލަ 198 މީހަކަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް