ads
މީހަކު ނަމާދު ކުރަނީ----
ދަމު ނަމާދަށް ފައިމަގުގައި މިސްކިތައް ދެވޭނެ: މިނިސްޓްރީ
ދަމު ނަމާދަށް ފައިމަގުގައި މިސްކިތައް ދެވޭނެ ކަމަށް އިލްސާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިވާއިރު، ކޮވިޑް 19 ގެ ހާލަތާއި ގުޅިގެން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު އިއުލާނުކޮށްފައެވެ. 

މިނިސްޓްރީން ބުނީ ދަމު ނަމާދަށް މިސްކިތައް ދެވޭނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށެވެ. 

ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވާން ފެށުމުން މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދު ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ. 

މާލޭ ސަރަހައްދުގައި ކާފިއު އިއުލާނުކޮށްފައި ވާއިރު ބުދަ ދުވަހު ރާއްޖެއިން ވަނީ ރިކޯޑް އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވެފަ އެވެ. އެގޮތުން ރާއްޖެއިން 785 މީހުން ޕޮޒިޓިވްވެފައި ވާއިރު މާލޭ ސަރަހައްދުން ވަނީ 540 މީހުން ޕޮޒިޓިވްވެފަ އެވެ.

އައިސީޔޫތަކާއި ހޮސްޕިޓަލް އެނދުތައް ފުރި އިތުރު އެނގު ގާއިމް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް