ads
ފޮޓޯ--އެފްއޭއެމް
އެފްއޭއެމް ބިލްޑިން ކޮވިޑް ފެސިލިޓީއަކަށް
ރާއްޖޭގެ ކޮވިޑް ފެސިލިޓީތައް ފުރި އެފްއޭއެމް ބިލްޑިން ކޮވިޑް ފެސިލިޓީއެއް ގޮތުގައި ބޭނުން ކުރުމަށް ނިންމައިފި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފްއޭމް އޮފީސް ހިންގަމުން އަންނަ ބިލްޑިން ކޮވިޑް ފެސިލިޓީއަކަށް ހެދުމަށް އެޗްޕީއޭއާ ހަވާލުކުރައްވާފައިވާ ކަމަށެވެ.

ބައްސާމް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މި ނުރައްކާތެރި ދަނޑިވަޅުގައި ފުޓްބޯޅަ އާއިލާ ތިބީ ރައްޔިތުންނާ އެކީގައި ކަމަށެވެ.

އެފްއޭމް އޮފީސް ހިންގަމުން އަންނަ ބިލްޑިން ކޮވިޑް ފެސިލިޓީއަކަށް ހަދާފައިވާއިރު ރޭ އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރްޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ސެންޓަރުތަކާއި އައިސޮލޭޝަން ސެންޓަރުތައް ވެސް ފުރެމުންދާ ކަމަށެވެ. 

އެގޮތުން ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީގެ 11 އެނދު މިހާރު ވަނީ ފުރިފައިކަމަށް މަބްރޫކް ވިދާޅުވި އެވެ. އެހެންކަމުން ވެލިދޫ އައިސޮލޭޝަން ފެސިލިޓީ މާދަމާ އޮޕަރޭޝަނަށް ގެންނަން ނިންމާފައިވާ ކަަމަށް މަބްރޫކް ވިދާޅުވި އެވެ. 

މަބްރޫކް ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 248 އެނދު ހުރިއިރު 171 އެނދު ވަނީ ފުލްވެފައި ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ފުރި މާބަނޑު މީހުންނަށް ހާއްސަކުރި ޑީއެޗް 16 ވެސް ވަނީ ފުރުމާ ގާތުގައި ކަމަށާއި ހުހަށް ވަނީ އެންމެ އެނދެއް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް