ads
ފޮޓޯ---
ހަމަލާގެ ހަގީގަތް ހޯދުމަށް އަވަސް ތަހުގީގެއް ހިންގުމަށް އިދިކޮޅުން ގޮވާލައިފި
ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކޮށް މިރޭ ދިން ހަމަލާގެ ހަގީގަތް ހޯދުމަށް އަވަސް ތަހުގީގެއް ހިންގުމަށް އިދިކޮޅުން ގޮވާލައިފިއެވެ.

އިދިކޮޅުން މިހެން ގޮވާލާފައިވަނީ ރައީސް ނަޝީދަށް ދިން ހަމަލާ ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.

މަޖީދީ މަގު އަތަމާ ޕެލެސް ސަރަހައްދުގައި ނަޝީދު ކާރުކޮޅަށް އަރާވަޑައި ގަންނަވަނިކޮށް އެ ސަރަހައްދުގައި އެއްޗެއް ގޮއްވާލުމުގެ ސަބަބުން އެމަނިކުފާނަށް ވަނީ އަނިޔާވެފައެވެ. އަދި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އެމަނިކުފާނު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. 

މި ހާދިސާއާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ، މި ހަބަރު އެކޯލިޝަނުން އެހީ ކުއްލި ހައިރާން ކަމާއި އަސަރާއެކު ކަމަށް ބުނެފައެވެ. އަދި ނަޝީދަށް ލިބިނު އަނިޔާތަކަށް އަވަސް ޝިފާއެއް އެދޭ ކަމަށް އެ ކޯލިޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން ކަމާ ބެހޭ މުއައްސަސާތަކުން މި މައްސަލައިގެ އަވަސް ތަހުގީގެއް ކުރިއަށް ގެންދިއުމަށް އިދިކޮޅުން ގޮވާލާފައިވެއެވެ.

"ރައީސް ނަޝީދުގެ ގެކޮޅު ކައިރިން އެމަނިކުފާނު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެމަނިކުފާނަށް އަމާޒުކޮށް ދީފައިވާ ހަމަލާގެ ހަގީގަތް ހޯދުމަށް އަވަސް ތަހުގީގެއް ހިންގުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ" އިދިކޮޅުން ބުނެފައިވެއެވެ.

އިދިކޮޅުން ވަނީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ކޯލިޝަންގެ ލީޑަޝިޕްގެ އިތުރުން ކޯލިޝަންގެ ކައުންސިލާއި ސްޓިއަރިންގް ކޮމިޓީތަކާއި އާންމު މެމްބަރުންގެ ފަރާތުން ހަމްދަރުދީ ފާޅުކޮށް، ނަޝީދަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. 

އަދި މި އަމަލު ރާވާ ހިންގުމުގައި ބައިވެރިވި އެންމެން ހޯދާ، އެމީހުންނަށް ގާނޫނުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލާފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް