ads
ކޮވިޑް 19 ގައި މިއަދު ހަތަރު ވަނަ މަރު
ކޮވިޑް 19 ގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި މަރުވި މީހުގެ އަދަދު ހަތަރަކަށް އަރައިފިއެވެ.

އެމީހާ މަރުވެފައިވަނީ ނައިފަރުން ކަމަށް މައުލޫމާތު ލިބެއެވެ. 

މިއީ މިއަދު ނައިފަރުން ކޮވިޑް 19 ގައި މަރުވި ދެ ވަނަ މީހާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މަރުވެފައިވަނީ ނައިފަރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ މީހަކެވެ. ޅ.އަތޮޅު ހޮސްޕިޓަލުގެ މީޑިއާ އޮޕިޝަލް އުމަރު އިބްރާހިމް ސީއެންއެމްއަށް ވަނީ މިކަން ކަށަވަރު ކޮށްދީފަ އެވެ.

އުމަރު ވިދާޅުވީ މަރުވެފައި ވަނީ އުމުރުން 97 އަހަރުގެ އުމުރުން ދުވަސްވީ އަންހެނެއް ކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ މިރޭ ދެ ނަމާދު ދޭތެރޭގެ ވަގުތެއްގައި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އެ އަހަންހެން މީހާ ޕޮޒިޓިވްވެފައިވާކަން އެނގުނީ މަރުވި ފަހުން ކަމަށާއި ނަމަވެސް އޭނާ ސާމްޕަލް ވަނީ މީގެ ދެތިން ދުވަހެއް ކުރިން ނަގާފައި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އެ އަންހެން މީހާ މަރުވި އިރު އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަތާ ހަތަރު ދުވަސް ވެފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

މިއާއެކު ރާއްޖެއިން ކޮވިޑްގައި އެންމެ ގިނަ މީހުން މަރުވި ދުވަހަކީ މިއަދެވެ. 

އެންމެ ފުރަތަމަ މަރުވެފައިވަނީ، ރޭ ފަތިހު އުމުރުން 77 އަހަރުގެ އަންހެނެކެވެ. ދެން މަރުވެފައިވަނީ ނައިފަރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ މީހަކެވެ. ތިން ވަނަ މީހަކަށް މަރުވެފައިވަނީ އުމުރުން 60 އަހަރުން މަތީގެ ފަތުރުވެރިއެކެވެ. އެ ފިރިހެން މީހާ މަރުވީ، އޭނާ ހުރި ގެސްޓް ހައުސްގައި ކަރަންޓީނު ވެގެން ހުއްޓައެވެ. އޭނާ ޕޮޒިޓިވް ކަން އެނގުނީ ފުރަން ސީޕީއާރު ހެދުމުންނެވެ. 

ކޮވިޑް ކޭސްތައް އިތުރުވުމުގެ ސަބަބުން މާލޭ ސަރަހައްދުގައި ކާފިއު އިއުލާނުކޮށްފައި ވާއިރު ބުދަ ދުވަހު ރާއްޖެއިން ވަނީ ރިކޯޑް އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވެފަ އެވެ. އެގޮތުން ރާއްޖެއިން 785 މީހުން ޕޮޒިޓިވްވެފައި ވާއިރު މާލޭ ސަރަހައްދުން ވަނީ 540 މީހުން ޕޮޒިޓިވްވެފަ އެވެ.

އައިސީޔޫތަކާއި ހޮސްޕިޓަލް އެނދުތައް ފުރި އިތުރު އެނދު ގާއިމް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް