ads
އޭޑީކޭ ދޮރުމަތި
ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު
ކަނޑައިގެން ދިޔަ ތަންތަން ދަނީ ފަހަމުން
ޑޮކްޓަރުން އަންގަނީ އިންޓާނަލް އިންޖަރީއެއް ނެތް ކަމަށް
ގ. ކެނެރީގެ ހިމެނޭ ސަރަހައްދު އަތަމާ ޕެލެސް ހޮޓަލް ކުރިމަތީގައި އެއްޗެއް ގޮއްވާލި ހާދިސާގައި އަނިޔާވެގެން ފަރުވާ ހޯއްދަވަމުންދާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ހާލުކޮޅު މިހާރު ރަނގަޅު ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ރައީސް ނަޝީދުގެ ވަރަށް ގާތް ބޭފުޅަކު ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސް ނަޝީދުގެ އިންޓާނަލް އިންޖަރީއެއް ނެތްކަމަށް ޑރ. މައުލޫމާތު ދެއްވާފައިވާ ކަމަށެެވެ. 

އަދި ބޮން ގޮވިއިރު ވިއްސާގެންދިޔަ ތަކެތިން ޖެހި ކަނޑައިގެން ދިޔަ ތަންތަން ފަހާ، ބޭސް އެޅުމުގެ ކަންތައް ކުރިއަށްދާ ކަމަށެެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވީ ރައީސް ނަޝީދުގެ ބޮލުން ތަނެއް ކަނޑައިގެން ގޮސްފައިވާ ކަމަށެެވެ. އަދި ލިބިފައިވާ އިތުރު ޒަހަމުތައް ބެލުމަށް ސީޓީ ސްކޭން ހަދާނެކަމަށްވެސް ބުނެފައިވެއެވެ.  

އެ ހާދިސާ ހިނގާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅުކަމަށްވާ ގ. ކެނެރީގެ ހިމެނޭ ސަރަހައްދު އަތަމާ ޕެލެސް ހޮޓަލް ކުރިމަތީގައެވެ. އެގޮތުން މަންޒަރު ދުށް މީހަކު ބުންގޮތުގައި މިހާދިސާ ހިނގީ އެސަރަހައްދުގައި އޮތް ކާރުކޮޅަކަށް ރައީސް ނަޝީދު އަރާވަޑައިގަންނަވަނިކޮށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް