ads
ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިރޭ 10:30 ގައި މަޖިލީހުގައި ކުއްލި ޖައްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް މިކަމާ ގުޅިގެން ޒިޔާ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާއިރު، މިރޭގެ ވަގުތެއްގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަނީ ހަމަލާއެއް އަމާޒުކޮށްފައެވެ.

މަޖީދީ މަގު އަތަމާ ޕެލަސް ސަރަހައްދުގައި ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަ ވަނިކޮށް އެ ސަރަހައްދުގައި އެއްޗެއް ގޮއްވާލުމުގެ ސަބަބުން އެމަނިކުފާނަށް ވަނީ އަނިޔާވެފައެވެ. އަދި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އެމަނިކުފާނު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި ހާދިސާއާއި ގުޅިގެން ސިފައިންވަނީ އެމީހުންގެ ސެކިއުރިޓީ ވަރުގަދަކޮށް، އެލާޓް ލެވަލްވެސް މަތިކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް