ads
ކޮވިޝީލްޑް ވެކްސިން
ތިންލައްކަ މީހުން ވެކްސިން ޖަހައިފި
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ވެކްސިނޭޝަން ޕްރޮގްރާމުގެ ދަށުން 300،189 މީހުން ވެކްސިން ޖަހައިފި ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތިން ލައްކައަށްވުރެ ގިނަމީހުން ވެކްސިން ޖަހާފައިވާއިރު، 123،581 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަ ކޮށްފައެވެ. 

އަދި ވެކްސިންގެ ފުރަތަމަ ޑޯޒު މިއަދު 782 މީހަކު ޖަހާފައިވާއިރު އޭގެތެރެއިން 325 މީހުން ވެކްސިން ޖަހާފައިވަނީ މާލެ ސަރަހައްދުގައި ހުންނަ ވެކްސިން ސެންޓަރުތަކުން ނެވެ. ބާކީ 457 މީހުން ވެކްސިން ޖަހާފައިވަނީ އަތޮޅުތެރޭގައި ހުރި ވެކްސިން ސެންޓަރުތަކުން ނެވެ. 

މީގެއިތުރުން މާލެ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒު 488 މީހެއް ޖަހާފައިވާއިރު އަތޮޅުތެރެއިން މިއަދު ދެވަނަ ޑޯޒު ޖަހާފައިވަނީ 3،575 މީހުން ނެވެ. މިއާއެކު މިއަދު ޖުމްލަ ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައިވަނީ 4،063 މީހުންނެވެ.

ގިނަ ބަޔަކު ވެކްސިން ޖަހަމުންދިޔަ ނަމަވެސް ބަލި ފެތުރުން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން މިއަދުވެސް 703 މީހުން ޕޮޒިޓިވް ވެފައި ވާއިރު އޭގެތެރެއިން 526 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވާ މީހުންނެވެ. 

އަދި ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަ ކޮށްފައިވާ 31 މީހަކަށް ކޮވިޑު ޖެހިގެން މިހާރު އަންނަނީ ފަރުވާދެމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް