ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ބާއްވާ ކުއްލި ކެބިނެޓު ބައްދަލުވުން
ކެބިނެޓް ކުއްލި ބައްދަލުވުމެއް ކުރިއަށްދަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ރައީސް އޮފީހުގައި ކުރިއަށް އެބަދެއެވެ.

ރައީސް ނަޝީދުއަށް އަމާޒުކޮށްދިން ނުރައްކާތެރި ހަމަލައާ ގުޅިގެން ކެބިނެޓުގެ ކުއްލި ބައްދަލުވުން ކުރިއަށްގެންދިޔަ ނަމަވެސް ކެބިނެޓުގައި މަޝްވަރާ ކުރަނީ ކޮން ކަންތައްތަކަކާކަމެއް އަދި ނޭނގެ އެވެ.

ރައީސްގެ ތަރުޖަމާން ވިދާޅުވިގޮތުގައި ރައީސް ނަޝީދަށް ދިން ހަމަލައާގުޅިގެން ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ދަނީ ބާއްވަމުންނެވެ. އެ ބައްދަލުވުމުގައި ރައީސް ނަޝީދަށް ހަމަލައާ ގުޅޭގޮތުންނާއި އަދި އެ ފަދަ ހަމަލައެއް ދިނުމާ ގުޅިގެން ދެން ކަންތައްތައް ކުރިއަށްގެންދާނެގޮތްތަކާ މެދު ވަޝްވަރާކުރާނެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލަދިނީ އެމަނިކުފާނު ކާރަށް އަރާވަޑައިގެންނެވުމަށް އުޅުއްވަނިކޮށެވެ. މި ރޭ އިރާކޮޅު ދިން އެހަމަލާގައި ރައީސް ނަޝީދުގެ ހަށިކޮޅަށް ލިބިފައިވާ ޒަހަމްތައް ގިނަ ކަމަށާއި ފަރުވާދެމުންދަނީ ހޭނައްތައިގެންކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. ނަމަވެސް ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށް އޭޑީކޭގެ ޑޮކްޓަރުންނާ ހަވާލާދީ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

އެ ހަމަލާގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ކާރުގެ ޑްރައިވަރުގެ ގޮތުގައި ހަރަކާތްތެރިވާ ސިފައިންގެ މީހަކަށާއި ބިދޭސީއަކު ވަނީ ޒަހަމްވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް