ads
ފޮޓީ--
މިހާރު ކުރިއަށް ދަނީ ގޮހޮރުގެ އޮޕަރޭޝަނެއް: 6 ޖެހުމާއި ހަމަޔަށް ކުރިއަށް ދާނެ
ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ލިބިފައިވާ އަނިޔާތަަކަށް ފަރުވާދިނުމަށް ތިންވަނަ ސާޖަރީއެއް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ

ބުރާސްފަތި ދުވަހު ރޭ 20:30 ހާއިރު އެއްޗެއް ގޮވައިގެން ހިނގި ހާދިސާގައި ރައީސް ނަޝީދަށް ލިބިފައިވާ ޒަހަމުތަކަށް ފަރުވާދިނުމަށް މީގެކުރިން ވަނީ ދެ ސާޖަރީއެއް ހަދާފަކަމަށް ރައީސް ނަޝީދުގެ ގާތްބޭފުޅަކު ސީއެންއެމްއަށް ވަނީ މައުލޫމާތު ދީފައެވެ. 

ފުރަތަމަ ސާޖަރީ ހަދާފައިވަނީ ބޮލަށް ލިބިފައިވާ ޒަހަމުތަކަށް ފަރުވާދިނުމަށެވެ. އެޔަށްފަހު ހެދި ސީޓީ ސްކޭންއިން އިތުރު ޒަހަމުތަކެއް ފާހަގަވުމުން ފުއްޕާމެޔާއި ހިތުގެ ސާޖަރީއެއް ވެސް ވަނީ ހަދާފައެވެ. 

އެގޮތުން ފުއްޕާމެޔަށް ދެ އެތިކޮޅު ހެރިފައިވާތީ ކުރި ސާޖަރީން މިހާރުވަނީ އެ ގުނަަވަނަށް ހެރިފައިވާ ތޫނު ދެ އެއްޗެއް ނަގާފަ ކަަމަށް ސީއެންއެމްއަށް މައުލޫމާތު ދީފައިވެއެވެ.

އަދި މިހާރު ތިންވަނަ ސާޖަރީއެއް ކުރަމުންދަނީ ގޮހަރަށް ލިބިފައިވާ ޒަހަމުތަކަށް ފަރުވާދިނުމަށްޓަކައެވެ.

އަދި މި ސާޖަރީ ހެނދުނު 6 ކާއި ހަމަޔަށް ކުރިއަށްދާނެެ ކަމަށް މައުލޫމާތު ދީފައިވެެއެވެ.

ސީއެންއެމްއަށް މައުލޫމާތު ލިބިފައިވާގޮތުގައި އެމަނިކުފާނުގެ މޭކަށިގަނޑުވެސް ވަނީ ބިންދައިގެންގޮސްފައެވެ.

14%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
70%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް