ads
ނަޝީދު
ރައީސް ނަޝީދުގެ ހަތަރު ވަނަ އޮޕަރޭޝަނެއް ކުރަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ އެއްޗެއް ގޮއްވާލައިގެން ދިން ޓެރަރިސްޓު ހަމަލާގައި ޒަހަމްތަކަށް ފަރުވާހޯއްދެވުމަށް އޭޑީކޭގައި އެޑްމިޓް ކޮށްފައިވާއިރު، މިހާރު އެމަނިކުފާނުގެ ހަތަރު ވަނަ އޮޕަރޭޝަން ކުރިއަށްދާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ގޮވުމުގެ ސަބަބުން އެތެރެ ހަށީގައި ހުރި ބައެއް ތަކެތި ނެގުމަށް އޮޕަރޭޝަންތަކެއް ރޭ ކުރިއެވެ. އެގޮތުން ބޮލުގެ އޮޕަރޭޝަން އަކާއި، ހިތާއި ފުއްޕާމޭ ކައިރީގައި ހުރި ތަކެތި ސާފުކުރުމަށް އޮޕަރޭޝަނެއް ކުރިއެވެ. އޭގެ ފަހުން ގޮހޮރުގެ އޮޕަރޭޝަން ކުރިއެވެ. އަދި މިހާރު ކުރިއަށްދަނީ ޗިސްމޭ (ލިވާ) ގެ އޮޕަރޭޝަން ކަމަށް މައުލޫމާތު ލިބެއެވެ. 

ޗިސްމޭ ގެ އޮޕަރޭޝަން މިވަގުތުވެސް ކުރިއަށްދާއިރު، ޗިސްމޭގެ އޮޕަރޭޝަންތަކަށް 7 ގަޑިއިރު އާންމުކޮށް ހޭދަވެއެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ ރައީސް ނަޝީދުގެ އުފަންގެ ގ. ކެނެރީގެ ހުންނަ ނޯލޯފަރު މަގާއި މަޖީދީ މަގާއި ގުޅޭ ކަންމަތީގައި ހުރި ސައިކަލެއްގައި ގޮވާއެއްޗެއް ހަރުކޮށްގެނެވެ. 

މި މައްސަލަ ތަހުގީގުކުރުމަށް އޮސްޓްރޭލިއާގެ ފެޑްރަލް ޕޮލިސް ގެނައުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ރޭ ދަންވަ އިއުލާނު ކުރައްވާފައެވެ. 

ރައީސް ނަޝީދަށް ދިން ހަމަލާއާއެކު ސިފައިންނާއި ފުލުހުންގެ އެލާޓު ލެވަލް މަތިކޮށް ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް