ހަމަލާދިން ސަރަހައްދުގައި ފުލުހުން ފޮޓޯ:--
ރައީސް ނަޝީދަށް ދިނީ ޓެރަރިސްޓު ހަމަލާއެއް: ފުލުހުން
Share
ބުރާސްފަތި ދުވަހުގެ ރޭ 20:30 ހާއިރު ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލި މައްސަލަ ކުރީގެ ރައީސް އަދި ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރެރިޒަމްގެ އަމަލެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ރޭ ދީފައިވާ ހަމަލާ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ތަހުގީގު ދާއިރާއިންނާއި ފޮރެންސިކްގެ ތެެރެއިން ލިބެންހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އެންމެ ބޮޑު އިސްކަމެއް ދީގެން ތަހުގީގު ކުރަމުން އަންނަ ކަމަށެެވެ.

އޭގެ އިތުރުން މިތަހުގީގަށް އެހީތެރިވުމަށް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ފަރާތުން ތަޖުރިބާކާރު ދެ ބޭފުޅެެއް މާދަމާގެ ވަގުތެެއްގައި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށާއި، އަދި ޔޫއެންއޯޑީސީ ގެ ފަރާތުން ރާއްޖޭގައި މިވަގުތު ތިއްބެވި އިނގިރޭސިވިލާތުގެ ފަންނީ ދެ ބޭފުޅެއްގެ އެހީތެރިކަންވެސް އެ ހަމަލާ ތަހުގީގުކުރުމުގައި ފުލުހުންނަށް ލިބެމުންދާ ކަަމަށް ފާހަގަކޮށްފައިވެއެވެ.

އެގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތާއި ފުލުހުންނަށް ހޯދިފައިވާ ހޯދުންތަކަށް ރިއާޔަތްކޮށް މި ހަމާލާ ތަހުގީގު ކުރަމުންދަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރެރިޒަމްގެ އަމަލެއްގެ ގޮތުގައި ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާއާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގައުމީ ދިފާއީ ބާރާއި ފުލުހުން ގުޅިގެން ދަނީ މާލެ ތެރެ ބެލެހެއްޓުމުގައި ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

އޭގެ އިތުރުން ހަމަލާ ދިން ވަގުތު އެ ސަރަހައްދުން ޝައްކުވާ އެއްވެސް ކަމެއް ފާހަގަކުރެވިފައިވާނަމަ، އެ ހަމަލާއާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ހާއްސަކޮށްފައިވާ ހޮޓްލައިން 9704000 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި އެގޮތުން ފޯރުކޮށްދޭ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަންވެސް ފުލުހުން ވަނީ އަރުވާފައެެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް