ads
ކޮވިޑް 19 ޖެހުނު މީހަކު ވަޅުލަނީ
ކޮވިޑް-19 ގައި 2 މީހަކު މަރުވެއްޖެ
ކޮވިޑް-19 ގައި މިއަދު ދެ މީހަކު މަރުވެއްޖެއެވެ.

އެޗްއީއޯސީ އިން ބުނީ މިއަދު މަރުވެފައިވަނީ ކ.މާފުށީގައި އައިސޮލޭޝަންގައި ހުރި ބަނގުލަދޭޝްގެ ރައްޔިތަކާއި ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ އިންޑިއާގެ ފިރިހެނެއް ކަަމަށެވެ.

މި ދެ މަރާއެކު ރާއްޖެއިން ކޮވިޑް 19 ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 81 އަށް އަރާފައެވެ.

އިއްޔެ އެކަނިވެސް ރާއްޖެއިން ކޮވިޑް ޖެހިގެން ހަ މީހުން މަރުވެފައިވާއިރު، މިއަދު އިތުރު ދެމީހުން މަރުވެފައި މިވަނީ އޭގެ ފަހުން 12 ގަޑިއިރުވެސް ހަމަނުވަނީސް އެވެ.

މިއީ ކޮވިޑު ޖެހިގެން 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގައި މީހުން މަރުވި ރިކޯޑު އަދަދެއްކަން ފާހަގަކުރެވެއެވެ.

އިއްޔެވެސް ރާއްޖެއިން ވަނީ 700 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް