ads
ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ހަތަރު މީހަަކު ފާހަގަވެއްޖެ: ފުލުހުން
ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ހަތަރު މީހަަކު ފާހަގަވެފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ. 

ބުރާސްފަތި ދުވަހުގެ ރޭ 20:30 ހާއިރު ނީލޯފަރު ހިނގުމުގައި ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާއި ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެ ހަމަލާއާ ގުޅޭ ހަތަރު މީހަކު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަަމަށެވެ.

ނަަމަވެސް އެމީހުންނާމެދު ތުހުމަތު ކުރެވޭ ސަބަބު މިވަގުތު ހާމަކުރެވެން ނެއްކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވިއެވެ. 

ރޭގެ ހަމަލާއަކީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރެރިޒަމްގެ ހަމަލާއެއް ކަމަށާއި އެކަމުގައި ހިމެނޭ މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެ ވަގުތުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ކަަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

އޭގެ އިތުރުން އެ ހަމަލާގެ ތަހުގީގަށް މިވަގުތު 450 އެއްހާ ފުލުހުން ބޭނުން ކުރަމުން އަންނަ ކަމަށާއި، ހަމަލާއާ ގުޅުން ހުރި ފަރާތަކާ ބެހޭ މައުލޫމާތެއް، ވިޑީއޯއެއް ނުވަތަ ފޮޓޯއެއް އޮވެއްޖެނަމަ އެ މައުލޫމާތު ފުލުހުންނަށް ހިއްސާ ކުރުމަށް ސީޕީ ހަމީދު ވަނީ އެދިލައްވާފައެވެ.

ފުލުހުންގެ ތަހުގީގަށް އެހީތެރިވުމަށް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ފަރާތުން ތަޖުރިބާކާރު ދެ ބޭފުޅެެއް މާދަމާގެ ވަގުތެެއްގައި ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް