ads
ނަޝީދަށް ހަމަލާދޭން އުޅޭކަމުގެ އިންޓަލިޖެންސް ކުރިން ނުލިބޭ: ފުލުހުން
ނަޝީދަށް ހަމަލާދޭން އުޅޭކަމުގެ އިންޓަލިޖެންސް ކުރިން ނުލިބޭ ކަމަށް ފުލުހުން ބުނެފި އެވެ. 

ބުރާސްފަތި ދުވަހުގެ ރޭ ނިލޯފަރުހިގުމުގައި ރައީސް ނަޝީދުއަށް އަމާޒުކޮށްދިން ހަމަލާއެއް ކަމަށް ތުހުމަތުކުރާ ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ފުލުހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ، އެ  ހަމަލާއަށްފަހު ބުރާސްފަތި ދުވަހުގެ ރޭ ގާތްގަނޑަކަށް  10:30 ހާއިރު ގައުމީ ސަލާމަތާއިބެހޭ މަޖިލިސްގެ ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށެވެ. 

އެ ބައްދަލުވުގައި އެހަމަލާއާއި ގުޅިގެން އަދި ހަމަލާގެ ކުރިން އެއްވެސް އިންޓެލިޖެންސް މައުލޫމާތެއް ލިބިފައިވޭތޯ އާއި، ހަމަލާގެ ވަށަައިގެންވާ ކަންކަމާއި ގުޅޭގޮތުން ވަރަށް ފުޅާ ގޮތެއްގައި މަޝްވަރާ ކުރެވިފައިވާ ކަމަށާއި އެހެންނަމަވެސް އެ ހަމަލާއާއި ގުޅިގެން އެއްވެސް އިންޓެލިޖެންސް މައުލޫމާތެއް ފުލުހުންނަށް ލިބިފައިނުވާކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

“ހަމަގައިމުވެސް ދިވެހިންގެ ފުލުހުންގެ ހިދުމަތަކަށެއް އަޅުގަނޑުމެން ތެރެއަށް ކުރެވޭ އިންޓެލިޖެންސް ހިދުމަތުގެ ތެރެއަކަށެއް ރޭގަ މި ހިންގުނު ހަމަލާއާއި ގުޅިގެނެއް އިންޓެލިޖެންސްގެ އެއްވެސް އިންޕުޓެއް ލިބިފައެއް ނުއެއް ނެތް” ސީޕީ ހަމީދު ވިދާޅުވިއެެވެ.

ސީޕީ ހަމީދު އިތުރަށް ވިދާޅުވީ އެ ހަމަލާއާއި ގުޅިގެން ހަތަރު މީހަކު މިހާރު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެހެންނަމަވެސް އެ ހަތަރު ފަރާތާއިމެދު ޝައްކުކުރެވިގެން އުޅެނީ ކީއްވެކަން އަދި ހާމަ ނުކުރާނެ ކަމަށެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް