ads
ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި ސިފައިން ބައިވެރިވާކަމަށް އަދި ނުބެލެވޭ: ފުލުހުން
ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި ސިފައިން ބައިވެރިވާކަމަށް އަދި ނުބެލެވޭކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. 

މީގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަމާޒުކޮށް ފިނިފެންމާ ލޯންޗުކޮޅަށް ދިން ހަމަލާގައި އެމްއެންޑީއެފްގެ ބައެއް ފަރާތްތަކުގެ ބައިވެރިވެރިވުން އޮތްކަން ވަނީ ހާމަވެގެން ގޮސްފައެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ރޭ ހިނގި ހާދިސާގައި ސިފައިންގެ ބައިވެރިވުން އޮތްތޯ ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ސީޕީ ހަމީދު ވިދާޅުވީ އެ ހަމަލާގައި ސިފައިން ބައިވެރިވާކަން މިހާތަނަށް ތަހުގީގަށް އެނގިފައި ނުވާ ކަމަށެވެ. 

"ދެން ކުރިން ތި ތަޖުރިބާކުރި ނުވަތަ އަޅުގަނޑުމެންގެ ތެރޭގައި ހިނގާފައި އޮތް ހާދިސާއަކާ ގުޅިގެން ހާމަވެފައިވާ ބައެއް މައުލޫމާތުތަކަށް ރިއާޔަތްކޮށް ތި ފާޅުކުރެއްވި ކަންތައްތަކަށް ބަލާއިރު އަޅުގަނޑުމެންނަކަށް ތަހުގީގަކަށް މިހާތަނަކަށް ލިބިފައިވާ މައުލޫމާތެއް ނޫން އެއީކީއެއް" ސީޕީ ހަމީދު

ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ގޮވާ ތަކެތި ނުވަތަ ހަތިޔާރު ހިމެނޭފަދަ ހާދިސާއެއް ނުވަތަ ހަމަލާއެއް ހިނގައިފިނަމަ އެ ނުރައްކާ ނިއުޓްރަލައިޒް ކުރުމަކީ ސިފައިންގެ ދައުރު ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ. 

ހަމަލާއާ ގުޅިގެން ވީހާވެސް ކައިރި ކައިރީގައި މައުލޫމާތު ދެމުން ގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް