ads
ސްޓޭޓް އޮފް އެމަޖެންސީ ގެންނަންޖެހޭ ހާލަތެއް ނެތް: ފުލުހުން
ސްޓޭޓް އޮފް އެމަޖެންސީ ގެންނަންޖެހޭ ހާލަތެއް ނެތްކަމަށް ފުލުހުން ބުނެފިއެވެ. 

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިހެން ވިދާޅުވެފައިވަނީ ޔާމީން ރަޝީދު މަރާލި ރޭގައި ވެސް ސްޓޭޓް އޮފް އެމަޖެންސީ އިއުލާންކުރިކަން ފާހަގަކޮށް، “ބުރާސްފަތި ދުވަހުގެ ރޭ ނިލޯފަރު ހިނގުމުގައި ރައީސް ނަޝީދުއަށް އަމާޒުކޮށްދިން ހަމަލާއެއް ކަމަށް ތުހުމަތުކުރާ ޓެރަރިސްޓު ހަމަލާއާއި ގުޅިގެން އެފަދަ ހާލަތެއް އިއުލާންކޮށްފާނެތޯ” ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސީޕީ ހަމީދު ވިދާޅުވީ، ސްޓޭޓް އޮފް އެމަޖެންސީއެއް އިއުލާން ކުރުމަކީ ފުލުހުން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ފުލުހުންގެ ޒިންމާއަކީ އެފަދަ ހާލަތަކަށް ކަންކަން ގޮސްފިކަމަށް ވާނަމަ ސްޓޭޓް އޮފް އެމަޖެންސީ އިއުލާންކުރުމަށް އަރުވަންޖެހޭ ލަފާތައް އެރުވުން ކަމަށެެވެ.

ސީފީ ހަމީދު ވިދާޅުވީ އެކަމާއި ގުޅިގެން އެމްްއެންޑީއެފް އަދި ފުލުހުންގެ ހިދުމަތްވެސް ވަނީ “އޮޕަރޭޝަނަލީ އެލާޓް ސްޓެސަސް” އަށް ގެނެސް ތައްޔާރީ ހާލަތު މަތި ކުރެވިފައި ކަމަށެވެެ.

އެހެންނަމަވެސް މިވަގުތު އަދި މިއީ ކުއްލި ނުރައްކަލުގެ ހާލަތެއް ގެންނަންޖެހޭ ފަދަ ހާލަތެއް ކަމަށް ގަބޫލު ނުކުރެވޭކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. 

“އެހެންނަމަވެސް ސްޓޭޓް އޮފް އެމަޖެންސީ އެއް ގެންނަން އަދި މިވަގުތު އޮތް ފަދަ ހާލަތެއްް އޮތްކަމަށް އަޅުގަނޑުމެން އަކަށް ގަބޫލެއް ނުކުރެވޭ” ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ މިފަދަ އިތުރު ހަމަލާއެެއްގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް އަނިޔާއެއް ނުލިބޭނެކަން ކަށަވަރުކުރުމަށް ރެއިންސުރެ ހުރީ ފިޔަވަޅުތައް އެޅިފަ ކަމަށެވެ.

އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތެއް ގެންނަންޖެހޭ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެފަދަ ހިސާބަކަށް ގޮސްފިނަމަ ކަމާބެހޭ އިދާރާތަކަށް ފުލުހުންގެ ފަރާތުން އަރުވަންޖެހޭ ލަފާ އަރުވާނެ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް