ads
ކޮވިޑް 19
މިއަދު މަރުވި މީހުންގެ އަދަދު 3 އަކަށް އަރައިފި
ރާއްޖެއިން މިއަދު އިތުރު މީހަކު ކޮވިޑް-19 ގައި މަރުވެއްޖެއެވެ.

އެޗްއީއޯސީ އިން ބުނީ މިއަދު މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 ގައި ފަރުވާދެމުން ދިޔަ 81 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އޭނާ މަރުވެފައި ވަނީ މިއަދު 02:46 ގައި ކަމަށެވެ. މި މަރާ އެކު މިއޫ ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި 82 ވަނަ މީހާ ކަމަށް ވެސް އެޗްއީއޯސީން ބުނެ އެވެ.

މިއަދު ރާއްޖެއިން ވަނީ ތިން މީހުން ކޮވިޑް 19 ގައި މަރުވެފަ އެވެ. މިއަދު މަރުވެފައިވަނީ ކ.މާފުށީގައި އައިސޮލޭޝަންގައި ހުރި ބަނގުލަދޭޝްގެ ރައްޔިތަކާއި ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ އިންޑިއާގެ ފިރިހެނެކެވެ.

އިއްޔެ އެކަނިވެސް ރާއްޖެއިން ކޮވިޑް ޖެހިގެން ހަ މީހުން މަރުވެފައިވާއިރު، މިއަދު އިތުރު ދެމީހުން މަރުވެފައި މިވަނީ އޭގެ ފަހުން 12 ގަޑިއިރުވެސް ހަމަނުވަނީސް އެވެ.

މިއީ ކޮވިޑު ޖެހިގެން 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގައި މީހުން މަރުވި ރިކޯޑު އަދަދެއްކަން ފާހަގަކުރެވެއެވެ.

އިއްޔެވެސް ރާއްޖެއިން ވަނީ 700 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް