ads
ބެންގަލޫރު ޓީމުގެ ކުޅުންތެރިއަކު ބަހުން ފައިބަމުން މާސްކު އަޅަނީ
ބެންގަލޫރު އަތުވެއްޖެ، ރައްކާތެރިކަމާމެދު ސުވާލު!
ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން، އޭއެފްސީ މެޗެއް ކުޅުމަށް އިންޑިއާގެ ބެންގަލޫރު އެފްސީ މިއަދު ހަވީރު މާލެ އަތުވެއްޖެއެވެ. ބެންގަލޫރު އެފްސީ މިއަދު ހަވީރު މާލެ އައިސް ޓީމު މިހާރު ތިބީ މާލޭގައި ހުންނަ އިންޑިއާ އެމްބަސީ ކުރިމަތީ ހުންނަ ހޮޓެލް ޖެންގައެވެ.

ޚާއްސަ ހުއްދައެއްގެ ދަށުން ބެންގަލޫރު އެފްސީ ރާއްޖެ އައިސް އެއާޕޯޓުން ހޮޓެލް ޖެންއަށް ދިޔައީ އެމްޕީއެލްގެ ބަހެއްގައެވެ. މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި ބެންގަލޫރު ޓީމުގެ ގިނަ ކުޅުންތެރިންނާ އޮފިޝަލުން ބަހުން ފޭބީ ޕީޕީއީގައެވެ. އެހެންނަމަވެސް އެއް ކުޅުންތެރިޔަކު މާސްކުވެސް އެޅީ ބަހުން ފައިބަމުން ކަމަށް މަންޒަރު ދުށް މީހަކު ކިޔައިދިނެވެ. އެފްއޭއެމުންނާ ކުޅިވަރު ވަޒީރު އެކަމަކު ކުރިން ވިދާޅުވެފައި އޮތީ ރައްކާތެރިކަމުގެ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ބަލަހައްޓާނެ ކަމަށެވެ.

އަޅުގަނޑު ހުރީ ބަލަން. އެމްޕީއެލްގެ ބަހުގައި ބައެއް ދިވެހިންނާ އެކު އެކުޅުންތެރިން ފޭބިއިރު އެއް ކުޅުންތެރިއަކު މާސްކު އެޅީވެސް ބަހުން ފައިބަމުން. އަދި އޭނގެ ފަހުން އަޅުގަނޑު ދުށިން ބައެއް ދިވެހިން އަންގިއެއްވެސް ނުލައްވާ އެ ކުޅުންތެރިންގެ ފޮށިތަންމަތި ބޭލިތަން. މުޅިތަނުގައި މަސްހުނިވެފައި ކުޅުންތެރިންތައް އޮތީ. އިންޑިއާގައި ކޮވިޑުގެ ހާލަތު އެހާ ނުރައްކާތެރިކޮށް އޮތް އިރު އެ ތަނުން އަންނަ ޓީމެއްގެ ކަންތައް އިންތިޒާމްކޮށްފައި ހުންނަން ވާނެ ގޮތަކަށް ނޫން ހަމަ ގައިމުވެސް ހުރީ،" ނަން ހާމަކުރަން ބޭނުންނުވާ މަންޒަރުދުށް މީހަކު ކިޔައިދިނެވެ.

އޭއެފްސީ މެޗުތަކަށް އަންނަ ޓީމުތަކުގެ ކަންތައް ހުންނާނީ ރައްކާތެރިކަމުގެ ގޮތުން އެންމެ ފުރިހަމައަށް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނި ނަމަވެސް ބެންގަލޫރު ޓީމު މިއަދު މާލެ އައުމުން ފެނިގެންދިޔައީ އެ މަންޒަރުތޯ އެމީހާ ސުވާލު ކުރި އެވެ. ޓީމު ހޮޓަލަށް ބޭލުމުން ޓީމު ދަތުރު ކުރި އެމްޕީއެލްގެ ބަސް ގޮސް ޕާކުކުރީ ގްރޭޓަ މާލޭ ބަސް ޓާމިނަލްގައެވެ. އަދި ބަސް ދުއްވަން އިން އެމްޕީއެލްގެ ސްޓާފާ އަދި އިތުރު ސްޓާފަކު ބަހުން ފައިބައިގެން ގޮސް ޓާމިނަލަށް ވަތް މަންޒަރުވެސް ފެނިފައިވެއެވެ. 

your imageބެންގަލޫރު ޓީމުގެ ފޮށިތަންމަތި ބާލާއިރު އެމްޕީއެލްގެ ސްޓާފަކު ބަލަހައްޓައިގެން 

ކުރިން ބެލެވިފައި އޮތީ ޓީމުގެ އެއްވެސް ކަމެއްގައި އުޅޭ އެއްވެސް މީހަކަށް އާއްމުންގެ ތެރެއަށް ނުކުމެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ޓީމު ތިބޭ ސަރަހައްދަށް އާއްމުންގެ އެއްވެސް މީހަކަށް ނުވެސް ދެވޭނެ ކަމަށް ބެލެވިފައި އޮތް ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮޓެލް ޖެންގެ ކެފޭއަކަށް މިއަދުވެސް ރޯދަ ވީއްލަންވެސް އާއްމުން ދިޔައެވެ. 

 

ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވަނިކޮށް އޭއެފްސީ ކަޕުގެ މެޗުތައް ކުރިއަށް ގެންދާތީ އެތައް ބައެއްގެ ނުރުހުންވަނީ ސަރުކާރަށް އަމާޒުވެފައެވެ. ބެންގަލޫރު ޓީމު މިއަދު މާލެ އައިއިރު، ރާއްޖޭގައި ކޮވިޑާ ގުޅިގެން ވޭތިވެ ދިޔަ 48 ގަޑިއިރުގެ ތެރޭގައި ދިހަ މީހުން މަރުވެފައިވެއެވެ. މިއީ ރިކޯޑެކެވެ. އަދި ވޭތިވެ ދިޔަ ތިން ދުވަހު، ކޮންމެ ދުވަހަކުވެސް ހަތް ސަތޭކައަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އަނެއްކޮޅުން އިންޑިއާގައި މިދިޔަ ދެތިން ދުވަހު ޕޮޒިޓީވްވީ އަދަދު އުޅެނީ ހަތަރު ލައްކައިން މަތީގައެވެ. 

8%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
84%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް