ads
ރަންވީރު--
މި ފަހަރު ވެސް ރަންވީރު ހެދުން އެޅި ގޮތަށް ފާޑުކިޔުުން އަމާޒުވެއްޖެ
ރަންވީރަކީ ބޮލީވުޑުގެ މިހާރު އެންމެ ކާމިޔާބު އެއް ފަންނާނެ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ރަންވީރަކީ އަބަދުވެސް އެހެން ފަންނާނުންނާ ތަފާތުކޮށް ހެދުން އަޅާ ފަންނާނެކެވެ. ނަމަވެސް ގިނަ ފަހަރު އޭނާގެ ލާ އެއްޗެއްސަށް މީހުން ދަނީ ފާޑު ކިޔަމުންނެވެ.
ރަންވީރަކީ ބޮލީވުޑުގެ މިހާރު އެންމެ ކާމިޔާބު އެއް ފަންނާނެވެ. ރަންވީރަކީ އަބަދުވެސް އެހެން ފަންނާނުންނާ ތަފާތުކޮށް ހެދުން އަޅާ ފަންނާނެކެވެ. ނަމަވެސް ގިނަ ފަހަރު އޭނާ ލާ އެއްޗެއްސަށް މީހުން ދަނީ ފާޑުކިޔަމުންނެވެ.

އެގޮތުން ދާދި ފަހުން ވެސް ރަންވީރު ހެދުން އެޅި ގޮތާ މެދު ވަނީ ފާޑުކިޔާފަ އެވެ. ރަންވީރު އިންސްޓަގުރާމު މެދުވެރިކޮށް ހިއްސާކޮށްފައިވާ ފޮޓޯތަކުން އޭނާ ފެނިގެންދަނީ ފެހި އަދި އޮރެންޖު ކުލައިގެ ޖެކެޓެއް ލާފައި ހުރި މަންޒަރެވެ. އަދި އޭގެ ދަށުން އަޅި ކުލައިގެ ކޯޓު ފަޓުލޫނު ވެސް އޭނާ ވަނީ ލާފަ އެވެ.




ގިނަ ބަޔަކު ބުނާ ގޮތުގައި ރަންވީރު ހެދުން އަޅާފައި ހުރި ގޮތުން ހީވަނީ ޖޯކަރެއް ހެންނެވެ. އަނެއް ބަޔަކު ވަނީ އޭނާ ސާމަރާ ދޫންޏަކާ ވެސް ވައްތަރުކޮށްފަ އެވެ.

އެންމެ ފަހުން މި އަހަރުގެ ކުރީކޮޅު ނެރުނު ފިލްމު، "ގަލީ ބޯއީ" އިން ފެނިގެން ދިޔަ ރަންވީރުގެ ކުރިއަށް އޮތް ފިލްމަކީ ކަބީރު ހާނުގެ "83" އެވެ. އެ ފިލްމުގައި ރަންވީރުގެ އަންހެނުން ދީޕިކާ ޕަޑުކޯން ވެސް ފެނިގެންދާނެ އެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް