ads
ހިކެން ބޭނުންވާ މީހުންނަށް މިއޮތީ ސޮނާކްޝީގެ ސިއްރު!
ބޮލީވުޑުގައި ސަލްމާން ހާން އާއެކު "ދަބަންގް" އިން ފެނުނު ފަހުން ސޮނާކްޝީ ސިންހާ އަކީ ގިނަ ބައެއްގެ ސަޕޯޓު ލިބިފައިވާ ތަރިއެކެވެ.
ބޮލީވުޑުގައި ސަލްމާން ހާން އާއެކު "ދަބަންގް" އިން ފެނުނު ފަހުން ސޮނާކްޝީ ސިންހާ އަކީ ގިނަ ބައެއްގެ ސަޕޯޓު ލިބިފައިވާ ތަރިއެކެވެ.

ސޮނާކްޝީގެ އެކްޓިންގެ އިތުރުން އޭނާ ފާހަގަވެފައި ވަނީ އާދަޔާ ހިލާފަށް ފަލަކޮށް ހުރުމަށް ފަހު، ބުރަ މަސައްކަތުން ހިއްކާލި ތަރިއެއްގެ ގޮތުގަ އެވެ.

ސޮނާކްޝީ ހިކެން މަސައްކަތް ފެށިއިރު އޭނާގެ ބަރުދަނުގައި 90 ކިލޯ ހުއްޓެވެ. އޭނާ ބޮލީވުޑަށް ނިކުމެފައި ވަނީ ގާތްގަނޑަކަށް 30 ކިލޯ ދުއްވާލުމަށް ފަހު އެވެ.

ސޮނާކްޝީ ބުނެފައިވާ ގޮތުގައި ބަރުދަން ލުއި ކުރުމަކީ ބުރަ މަސައްކަތެވެ. ވަކިން ހާއްސަކޮށް ކަސްރަތު ކުރާ ހިތް ނުވުމާއި، ކޫސަނި ކާ ތަކެތި ކާން ލޯބި ކުރާ މީހަކަށް ވާތީ އެވެ.

އޭނާ ބުނީ އެ މަސައްކަތް ސީރިއަސްކޮށް ފެށީ ސަލްމާން ހާންގެ އެދުމުގެ މަތިން ކަމަށެވެ. އެގޮތުން ޑަޔަޓު ރަނގަޅު ކުރުމަށް ފަހު، ކަސްރަތު ޕްރޮގްރާމެއް ފެއްޓި އެވެ.

އެގޮތުން ކޫސަނި ތަކެތި ކެއުން ހުއްޓާލުމަށް ފަހު ސިއްހަތަށް ފައިދާ ހުރި މޭވާ ގިނައިން ކާން ފެށި އެވެ. އަދި ގިނަ ގިނައިން ފެން ބޯން ފެށި އެވެ.

ސޮނާކްޝީ ބުނި ގޮތުގައި އެންމެ ހެނދުނާ އޭނާ ބޯލަނީ ހޫނު ފެނުގައި ލޮބޯ ޖޫހާއި މާމުއި އެއްކޮށްގެންނެވެ. އެއަށްފަހުން ހެނދުނުގެ ސަޔަށް ލޯ ފެޓް ކިރާއި، ސީރިއަލް އަދި 1 ހޯލް ވީޓު ޓޯސްޓެވެ.

ނުވަ ގަޑިއަށް ހިކި މޭވާ އާއި ގްރީން ޓީ ބޮއެވެ. އޭގެ ފަހުން މެންދުރުގެ ކެއުމަށް އޭނާ ކަނީ ރޮއްޓާއި ސެލެޑެވެ. ހަވީރަށް ގްރީން ޓީ އާއި މޭވާ ކާ އިރު، ރޭގަނޑު ކެއުމަށް މުގާއި، ތަރުކާރީ އަދި ކުކުޅު ނުވަތަ މަސް ކައެވެ. އިރުއޮއްސި 06:00 ގެ ފަހުން ކާބޯހައިޑްރޭޓްސް ހިމެނޭ އެއްވެސް އެއްޗެއް ނުކަ އެވެ.

ސޮނާކްޝީގެ ހަށިގަނޑުގައި އިތުރުވެފައި ހުރި ސަރުބީތައް ދުއްވާލުމަށް އާއްމުކޮށް ކުރީ ކާޑިއޯ ކަސްރަތެވެ. ބަރު އުފުލުމާއި، ބައިސްކަލް ދުއްވުމާއި ފެތުން އަދި ޓެނިސް ކުޅުން ވެސް އާއްމުކޮށް ކުރިއަށް ގެންދިޔަ އެވެ.

އޭގެ އިތުރުން ދުވާލަކު ދެ ފަހަރު ޖިމަށް ގޮސް، ހަފްތާއަކު ތިން ފަހަރު ޔޯގާ ހަދާ ކަމަށް ސޮނާކްޝީ ބުންޏެވެ. ހިކެން ބޭނުންވާ ފަރާތްތަކަށް ސޮނާކްޝީ އަކީ އިންސްޕިރޭޝަނެއްކަން ޔަގީނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް