ads
ބައްސާމް އާއި މަހްލޫފު
އޭއެފްސީ މެޗުތައް އެންމެ ފަހުން ފަސްކޮށްފި
މިހާރު އޮތް ޝެޑިއުލާ އެއްގޮތަށް އޭއެފްސީ ކަޕުގެ މެޗުތައް މާލޭގައި ނުކުޅޭނެ ކަމަށް އޭޝިޔާގެ ފުޓްބޯޅައިގެ މައި އިދާރާ، އޭއެފްސީން ބުނެފިއެވެ.

އޭއެފްސީ އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެއި 14 ވަނަ ދުވަހުން ފެށިގެން ވިހި ވަނަ ދުވަހާ ހަމައަށް މާލޭގައި ކުޅެން ނިންމާފައިވާ އޭއެއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނުކުޅޭނެ ކަމަށެވެ. އަދި މިހާރު މާލޭއަށް ދަތުރުކޮށްފައިވާ ކުލަބުތައް އެނބުރި ގައުމަށް ދިޔުމުގެ އިންތިޒާމްތައް ހަމަ ޖެއްސުމަށް އަންގާފައިވާ ކަމަށް އޭއެފްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ޑީ ނުވަތަ ސައުތު ޒޯންގެ މެޗުތައް މިހާރު ކަނޑައަޅާފައިވާ ތާރީޚުތަކުގައި މާލެއަކު ނުކުޅޭނެ. މާލޭގައި މިހާރު ތިބި ޓީމު ފުރުމުގެ އިންތިޒާމްތައް ހަމަ ޖައްސަން އަންގައިފިން، އަދި މާލެއަށް އަދި ދަތުރު ނުކުރާ ޓީމުތަކަށްވެސް އެ ތާރީޚުގައި މެޗުތައް ނުކުޅެވޭނެ ކަން އަންގައިފިން. ދެން މެޗުތައް އޮންނާނެ ތާރީޚެއް ފަހުން އިއުލާން ކުރެވޭނެ

އޭއެފްސީގެ މި ކުއްލި ނިންމުން މިއައީ، ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން މާލޭގައި އޭއެފްސީ ކަޕުގެ މެޗުތައް ކުޅެން އެފްއޭމުން ނިންމި ނިންމުމާ ގުޅިގެން އެތައް ބައެއްގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިނިކޮށެވެ.

މާލޭގައި އޭއެފްސީ ކަޕުގެ މެޗުތައް ކުޅެން ސަރުކާރުން ނިންމީ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވާލަކު ހަތް ސަތޭކައިން މައްޗަށް ގޮސް އެކަމާ ސިއްހީ ޚިދުމަތްތެރިންވެސް ދެކޮޅު ހަދަމުން އަންނަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް