ads
ހަމަނުޖެހުން ހިންގި ފަތުރުވެރިޔާ
ފަތުރުވެރިއަކު ފުލުހަކަށް ހަމަލާދޭ ވީޑިއޯއެއް އާންމުވެއްޖެ
ފަތުރުވެރިއަކު އެއާޕޯޓުގައި ހުރި ފުލުުހަކަށް ހަމަލާދީ ހަމަނުޖެހުން ހިންގާ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ވީޑިއޯއިން ފެނިގެންދަނީ އަންހެން ފަތުރުވެރިއަކު ރުޅިއައިސް އެތާ ހުރި އަންހެން ފުލުސް އޮފިސަރާ ދިމާއަށް ހަޅޭއްލަވައި އެއްޗިހި ކިޔާ މަންޒަރެވެ. އަދި ފުލުސް އޮފިސަރުގެ ގަޔަށް އަތްލައި ކޮށްޕާލާ މަންޒަރުވެސް ފެނެއެވެ. އަދިއެއާޕޯޓުގެ މުވައްޒަފުގެ ކަންފަތްކައިރީވެސް ހަޅޭއްލަވައި އެއްޗިހި ގޮވުމަށްފަހު ނުކުމެގެން ދަމުން އެއާޕޯޓުގެ މުދަލަށް ގެއްލުންދޭ މަންޒަރުވެސް ފެނެއެވެ. ނަމަވެސް އެ ފުލުސް އޮފިސަރު ފަތުރުވެރިޔާއާ ދެކޮޅަށް އެއްވެސް އެކްޝަންއެއް ނަގާފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހަމަނުޖެހުން ހިނގާފައިވަނީ އެ ފަތުރުވެރިޔާގެ ފޯނު ފުލައިޓުގައި ބާއްވާފައި އާދެވުމާ ގުޅިގެން އެކަމާ ގުޅޭގޮތުން އެއާޕޯޓު މުވައްޒަފުންނާ މުއާމަލާތު ކުރުމުގައި އެރި އޮޅުންތަކެއްގެ ސަބަބުން ކަމަށެވެ. އަދި އެ މައްސަލައަަށް ޓޫރިސްޓް ޕޮލިސް އިން އެޓެންޑުވެ އެ ފަތުރުވެރިޔާއާ ވާހަކަ ދައްކައިގެން އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ ފަތުރުވެރިޔާ އަށް އެކްޝަން ނެގުމަކާ ނުލައި ދޫކޮށްލާފައިވާތީ އެ ވީޑިއޯ ޓުވިޓާގައި ޕޯސްޓް ކުރި ފަރާތުން ވަނީ ފުލުހުންނާއި، ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އިމިގްރޭޝަން ޓެގުކުރައްވައި ނުރުހުން ފާޅުކޮށްފައެވެ. ޓުވީޓުގައި ބުނެފައިވަނީ ދިވެއްސަކު އެ ފަތުރުވެރިޔާ އަމަލުކުރިގޮތައް ކަންތައް ކުރިނަމަ އެމީހަކު ބިޑި އަޅުވައިގެން ގެންދާނެކަމަށެވެ. އެ ފަތުރުވެރިޔާ ޕޮލިސް އޮފިސަރަކަށް ހަމަލާދެމުން ދިޔައިރުވެސް އެއްވެސް ކަމެއް ނުކޮށް ތިބުމުން އެއާޕޯޓު މުވައްޒަފުންގެ ރައްކާތެރިކަމާމެދު އެމީހާ ވަނީ ސުވާލު އުފައްދަވާފައެވެ.

4%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
88%
ވަރަށް ސަލާމް
ކޮމެންޓްސް