ads
މާލޭ މަގުމަތީގައި ފެންބޮޑުވެފައި---ފޮޓޯ:ވަން އޮންލައިން
މާލޭގެ މަގުތަކުގައި ފެންބޮޑުވުން: ހައްލު ހޯދައި ނުދެވުނު ބޮޑު މައްސަލައެއް!
"ވިއްސާރަ ވެހިއްޖިއްޔާ މިހާރު އެންމެ ބޮޑަށް ކަންބޮޑު ވަނީ، ދާތަކަށް ދާން މިޖެހެނީ ތެމިގެން، ފެން ގަނޑަށް އެރިގެން، ބައެއް ފަހަރު ނޭނގޭނެ ކިހާ ފުންމިނެއްގައި ކަމެއް އެ ފެން ކޯރު ހެދިފައި އެ ހުންނަނީ ވެސް،" މިއީ ރާއްޖޭގެ އެންމެ ބޮޑު އާދާބީއެއް އޮންނަ މާލޭގެ ރައްޔިތުންގެ ޝަކުވާ އެވެ.
"ވިއްސާރަ ވެހިއްޖިއްޔާ މިހާރު އެންމެ ބޮޑަށް ކަންބޮޑު ވަނީ، ދާތަކަށް ދާން މިޖެހެނީ ތެމިގެން، ފެން ގަނޑަށް އެރިގެން، ބައެއް ފަހަރު ނޭނގޭނެ ކިހާ ފުންމިނެއްގައި ކަމެއް އެ ފެން ކޯރު ހެދިފައި އެ ހުންނަނީ ވެސް،" މިއީ ރާއްޖޭގެ އެންމެ ބޮޑު އާނާދީއެއް އޮންނަ މާލޭގެ ރައްޔިތުންގެ ޝަކުވާ އެވެ.

ގާތްގަނޑަކަށް އެއް ލައްކަ ފަސްދޮޅަސް ހާސް މީހުން ދިރިއުޅޭ މާލޭގެ މަގުތަކުގެ ވާހަކައަކީ ދައްކާ ނުނިމޭނެ ވާހަކައެކެވެ. މާލެ ކިތަންމެ ތަރައްގީ ވީނަމަވެސް މިއަދާ ހަމައަށް މާލޭގެ މަގުތަކުގައި ފެން ހިންދިމުގެ ރަނގަޅު ނިޒާމެއް ނެތުމަކީ ވާރޭ ވެހޭ ކޮންމެ ފަހަރު މަގުތަކުގައި ފެން ބޮޑުވާންދިމާވާ މައްސަލަ ވެސް މެއެވެ.

ކޮންމެ ފަހަރަކު ވެސް އެއިރެއްގައި އޮންނަ ސަރުކާރަކަށް މީހުން އެތަކެއް އެއްޗެހި ކިޔައެވެ. ނަމަވެސް ވާކަމެއް ނޯވެއެވެ. އަދި އަނެއްކާ ވެސް އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން މަގުތައް ހަދައިދޭނެ ކަމަށް ބުނެ ރައްޔިތުންނަށް ހުވަފެން ދައްކަ އެވެ. އެކަކު ކޮންމެ ފަހަރަކު ވެސް ވަނީ އެއް ގޮތެވެ. ހުވަފެންތައް ވިއްސިވިހާލިކޮށްލަ އެވެ. މިއަދާ ހަމައަށް ވެސް އެއްވެސް ސަރުކާރަކުން އެކަން ހައްލު ކުރެވިފައެއް ނެތެއެވެ.

މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލައާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރަން ބޭނުންވާކަން އާންމުންގެ ވާހަކަތަކުން އެނގެއެވެ.

އާންމުންގެ ކްނަބޮޑުވުން:

"ވާރޭ ވެހޭ ދުވަހެއްނަމަ އައިޖީއެމްއެޗު މަގަކީ ސުވިމިން ޕޫލެއް ހަމަ، ކަކުލާ ހަމައަށް ފެން ހުންނާނެ، ކިތައް މީހުން އެ ފެންގަނޑު ތެރެއިންދާނެ، ކިތައް އުޅަނދު އެ ފެންގަނޑު ތެރެއިން ދަތުރު ކުރާނެ، އަސްލު އެއްވެސް ރައްކާތެރިކަމެއް ނެތް، ބަލިތައް އިތުރުވާނީ ހަމަ" މާލޭގައި ދިރިއުޅޭ މީހަކު ސީއެންއެމް އަށް ބުންޏެވެ.

"ކޮންމެ ސަރުކާރަކުން ވެސް އެތައް ވައުދެއް ވާނެ މިކަން ހައްލު ކުރުމަށް، ވާކަމެއް ނޯވޭ، އޭގެ އުނދަގޫ އަހަރުމެންނަށް މިޖެހެނީ، ދަރިފުޅު ގޮވައިގެން ސުކޫލަށް ދާއިރު ވެސް މިޖެހެނީ ފެންގަނޑު ތެރެއިން ލާފަ ދާން، ކާރެއްގައ ދިޔަސް ފައިބަން މިޖެހެނީ ފެން ކޯރުތެރެއަށް ހަމަ، މިކަމަށް ހައްލެއް ބެނުންވޭ އެބަ" އިތުރު މީހަކު ބުންނެވެ.

"މާފަންނު، މަގުތަކަކީ ވާރޭ ވެހޭ ކޮންމެ ފަހަރަކު ފެން ބޮޑުވާ ސަރަހައްދެއް، ކާނުތައް ހުންނާނީ ބެދިފައި ހަމަ، ކޮންމެ ފަހަރަކު އެމްއެންޑީއެފް މީހުން މިޖެހެނީ ފެން ހިންދަން ނިކުންނަން. އެބަޖޭ ދޯ މިކަމަށް ހައްލެއް ހޯދަން" އިތުރު މީހަކު ބުންނެވެ.

މާލޭ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ރައީސް ޔާމީން ސަރުކާރުން ވެސް މަސައްކަތް ކުރި އެވެ. ފަސް އަހަރުގެ ވެރިކަމެއްގެ ނިންމާފައި ވަޑައިގެންނެވި އިރު ވެސް މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ރައީސް ޔާމީނަކަށް ވެސް ހޯއްދަވައިނުދެންވުނެވެ.

ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ބޮޑު ޕްރޮޖެކްޓެއް: ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ހުސެއިން ޝަރީފު ސީއެންއެމް އަށް ވިދާޅުވީ މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ބޮޑު ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން އެ ޕްރޮޖެކްޓަކީ ސިޓީ ކައުންސިލުންނާއި ޕްލޭނިން މިނިސްޓްރީ އަދި އެކި އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށާއި މިހާރު ރައީސުލްޖުމުހުރިޔާއަށް އެ ޕްރޮޖެކްޓު ފައިނަލް ކުރުމަށް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.

ހުސެއިން ޝަރީފު ވިދާޅުވިގޮތުގައި އެންމެ ބޮޑަށް މާލޭގައި ފެން ބޮޑުވަނީ މާފަންނު ސަރައްހައްދުތަކުގައި ކަމަށެވެ. އެގޮތުން ވެސްޓު ޕާކު ސަރަހައްދާއި އައިޖީއެމްއެޗު ސަރަހައްދަކީ އާންމުކޮށް ފެންބޮޑުވާ ސަރައްދުތަކެއް ކަމަށް ހުސެއިން ޝަރީފު ވަނީ ފާހަގަކުރައްވާފައެވެ.

"ޕްލޭން ހަދަމުން ދަނީ، ސީދާ ދުވަހެއް ނޭނގެ މިކަމަށް ހައްލު ލިބޭނެ" ހުސެއިން ޝަރީފު ވިދާޅުވިއެވެ.

ހައްލެއް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ރައްޔިތުން:

ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލަކީ ރާއްޖެ އެންމެ ގިނަ ބަޔަކު ދިރިއުޅޭ އަދި ވެރިކަން ކުރާ ރަށަށް ޖެހިފައިވާ މިހާލަތާ މެދު ސީރިއަސްނުވަނީ ބާއްވައެވެ.

މި ދައުލަތުގައި މިމައްސަލަ ހައްލުކުރުމުގެ ގާބިލުކަން ހުރިހާ ގޮތަކުން ހުންނާނެއެވެ. އެހެންއެކަން އޮތް ނަމަ ސުވާލަކީ މައްސަލައަށް ހައްލުނުލިބި މާލޭގެ މަގުތައް ފެން ކޯރަކަށް ބަދަލުވެ ފެން ބޮޑުވެ އެތައް ގަޑިއިރަކު އޮންނަންޖެހޭ ޖެހުމަށް ނިމުމެއް ނާންނަނީ ކީއްވެހެއެވެ؟

މިދުވަސް ވަރަކީ ވެސް ވިއްސާރަ ދުވަސްވަރެކެވެ. އެގޮތުން މިދިޔަ ހަފްތާ ވެސް މާލެއަށް ބޯކޮށް ވާރޭ ވެހި ފެން ހިންދުމަށް އެމްއެންޑީއެފް މީހުން ވަނީ ނިކުމެފައެވެ. ނަމަވެސް މިއީ ދާއިީ ހައްލެއް ނޫނެވެ. އާންމުންގެ އުންމީދަކީ މިކަމަށް އަވަހަށް ދާއިމީ ހައްލެއް ލިބިގެން ދިއުންކަން ޔަގީނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް