ads
ލ. ގަން-- ތޮއްޓޭ ފޮޓޯގްރާފީ--
ގަމާއި މާމިގިލީގައި ކާފިއު އިއުލާނުކޮށްފި
އދ. މާމިގިލި އަދި ލ. ގަމުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކާފިއު އިއުލާނުކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ ގަމާއި މާމިގިލީގަައި ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން ރޭގަނޑު 9 އަކުން ގޮސް ފަތިހު ހަތަރެއް ޖަހަންދެން އެއްގަމު އުޅަދުފަހަރު ދުއްވުމާއި،  މަގުމައްޗާއި އާންމުތަންތަނަށް މީހުން ނިކުތުން މަނާކޮށްފައިވާނެ ކަމަށެވެ.

އަދި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި، ރަށުގެ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިޔުމެއް ނުހިމެނެއެވެ. އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމާއި، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓައިލުމާއި، ފިހާރާތަކުން ހިދުމަތް ދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުން ހިމެނެއެވެ. 

މީގެ އިތުރުން ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި ޑެލިވަރީގެ ހިދުމަތް ނުހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ގަމާއި މާމިގިލީގައި މިއަދު ކާފިއު އިއުލާނުކޮށްފައިވާއިރު ނިމިދިޔަ ހުކުރު ދުވަހު އައްޑޫ އާއި ފުވައްމުލަކު ސިޓީގައިވެސް ވަނީ ކާފިއު އިއުލާނުކޮށްފައެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް